March 16, 2026
Advertisement
އެމްއައިބީގެ އޭޓީއެމްއެއް ކ. ތުލުސްދޫގައި ހުޅުވުން
އެމްއައިބީގެ އޭޓީއެމްއެއް ކ. ތުލުސްދޫގައި ހުޅުވުން / އެމްއައިބީ

ތުލުސްދޫގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 27, 2024, 04:54 AM
މާލެ ސިޓީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ކ. ތުލުސްދޫގައި އިއްޔެ ހުޅުވައިފި އެވެ.

Advertisement

އެ ބޭންކުން އެ ރަށުގައި ބެހެއްޓި އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކޮށް، ނެގޭނެ އެވެ. މި އޭޓީއެމްތަކުން އެއްފަހަރާ ދެ ލައްކަ ރުފިޔާ ޖަމާކުރެވޭނެ އެވެ. ވިޔަފާރިތަކަށް ބިޒްނަސް ކާޑު ބޭނުން ކޮށްގެން އިތުރަށް ޖަމާކުރެވޭނެ އެވެ.

އެމްއައިބީ އިން ބުނީ، އެއީ އެންމެ ފަހުގެ އޭޓީއެމްތަކެއް ކަމަށާއި ކާޑު ބޭނުންނުކޮށް ވެސް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. ކާޑާއި ނުލައި ފައިސާ ޖަމާކުރެވޭނީ ފޯނު ނަމްބަރު ބޭނުން ކޮށްގެންނެވެ.

މި ގޮތަށް ފައިސާ ޖަމާކުރުމަށް ފޯނު ނަމްބަރު ޖެހުމުން އޯޓީޕީއެއް ލިބޭނެ އެވެ. އޯޓީޕީ ނަމްބަރު ޖަހައި ވެރިފައިކުރުމަށް ފަހު، ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓު ނަމްބަރު ޖެހުމުން ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ އަހަރު ވެސް އެ ބޭންކުގެ އޭޓީއެމްތަކާއި ސާވިސް ސެންޓަރުތައް އެކި ރަށްރަށުގައި ހުޅުވުމަށް ވަނީ ރާވައި އިއުލާން ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved