March 17, 2026
Advertisement
އެމްއައިބީގެ ސާވިސް ސެންޓަރެއް ނައިފަރުގައި ހުޅުވުން: އެ ސެންޓަރުން އެމްއައިބީން ދޭ ހުރިހާ ހިދުމަތެއް ލިބޭނެ
އެމްއައިބީގެ ސާވިސް ސެންޓަރެއް ނައިފަރުގައި ހުޅުވުން: އެ ސެންޓަރުން އެމްއައިބީން ދޭ ހުރިހާ ހިދުމަތެއް ލިބޭނެ / އެމްއައިބީ

އެމްއައިބީގެ ސާވިސް ސެންޓަރެއް ނައިފަރުގައި ހުޅުވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 16, 2024, 07:52 PM
މާލެ ސިޓީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ޅ. ނައިފަރުގައި އިއްޔެ ހުޅުވައިފި އެވެ.

Advertisement

އެ ސާވިސް ސެންޓަރު ހުޅުއްވައި ދެއްވީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ އެވެ.

އެމްއައިބީން ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތްތަކެއް އެ ސެންޓަރުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

ނައިފަރުގައި އެމްއައިބީން ހުޅުވި ސާވިސް ސެންޓަރާ އެކު އެ ބޭންކުގެ ހިދުމަތް ޅ. އަތޮޅުގެ އިތުރުން ހއ، ހދ. ބ، ޅ، ކ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ލިބޭނެ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ވެސް އެ ބޭންކުގެ އޭޓީއެމްތަކާއި ސާވިސް ސެންޓަރުތައް އެކި ރަށްރަށުގައި ހުޅުވުމަށް ވަނީ ރާވައި އިއުލާން ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved