April 17, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާޙަކަ ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާޙަކަ ދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީން ލޭންޑް ޔޫސް ޕްލޭން ގެ ވާހަކަ ދެއްކުމުން ޑރ މުއިއްޒަށް އަޑުއިވިއްޖެ

Fathmath Reem
ފާތުމަތު ރީމް
Feb 6, 2024, 05:00 PM
މާލެ ސިޓީ

ހޮނިހިހު ދުވަހުގެ ރޭ ބޭއްވިގެން ދިޔަ ޕިއެންއެފް ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލޭންޑް ޔޫސް ޕްލޭނެއް ނުހަދާ ބިން ދޫ ކުރުމާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވާ ވާހަކަ ދެއްކެވުމުން ރައީސް ޑރ މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހުރިހާ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން މި އަހަރު ހަދައިދޭނެ ކަމަށް ވިދާޅުވެއްޖެއެެވެ.

Advertisement

ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެސް ސަރުކާރަކުން ލޭންޑްޔޫސް ޕްލޭނެއް ހެދުމެއް ނެތި އެ ސަރުކާރެއް ބޭނުން ގޮތަކަށް ބިން ކަފާފައި ދެވިގެން ނުވާނެ ކަމަށާއި އެއީ ރަގަނޅު ގޮތެއް ނޫން ކަމަށެވެ.

މި ވާހަކަތައް ރައީސް ޔާމީން މިފަދައިން ދައްކަފައި ވަނި ކޮށް ޑރ މުއިއްޒުގު ރިޔާސީ ބަޔާނުގައި ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ހާއްސަ އެހީތެރިކަމެއް ދީގެން ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެ ކުރިން ހަދައިދޭނެކަމަށެވެ.

މީގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ވުޒާރާއެއް އުފައްދަވާފައިވާކަމަށާއި ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ބާރުވެރިކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ކައުންސިލްތަކާއި ގުޅިގެން މަޝްވަރާކޮށް ކައުންސިލްތަކަށް ކަންކަން ފަހިކޮށްދިނުމަށް ލާމަރުކަޒީ ނިޒާމާބެހޭ ވަޒީރު ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގަ އެވެ.

ޕީއެންއެފްގެ ޖަލްސާ ތަކުގައި ރައީސް ޔަމީން ދައްކަވާ ވާހަކަ ތަކަށް މި ސަރުކާރުން ސަމާލު ކަން ދޭ ކަން މިހާރަކަށް އައިސް ދަނީ ފާހަގަ ކުރެވެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved