ދުވާފަރު ކައުންސިލަރ، ޔަޝްފާ ފުލުހަށް ހާޒިރުކުރުން ވަނީ ކެންސަލްކޮށްފައި / އެމްޑީޕީ
ހަބަރު
ޔަޝްފާ ފުލުހަށް ހާޒިރުނުކުރަން ނިންމާ އުނބަށް ޖަހައިފި
16 ޑިސެމްބަރު 2024
މާލެ ސިޓީ

އެމްޑީޕީން ބޭއްވި ޖަލްސާ އެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ ރ. ދުވަފާރުގެ އެމްޑީޕީ ކައުންސިލަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން އެނގުމަށް ފަހު އެކަން ކެންސަލްކޮށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އުނބަށް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަޝްފާ ފުލުހަށް ހާޒިރުވާން އެންގީ އެމްޑީޕީން ދަނޑިކޮށި ޖަގަހައިގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒަށް ނުރައްކާވާފަދަ ގޮތަކަށް އަމަލުކުރަން ގޮވާލާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ. ހާޒިރުވާން އަންގާފައި އޮތީ މާދަމާ ހެނދުނު 10:30އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށެވެ.

ނަމަވެސް ފުލުހަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ފުލުހުން ފަހުން އަންގާފައިވާ ކަމަށް ޔަޝްފާއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ދަނޑިކޮށި ޖަގަހައިގައި ޔަޝްފާ ވަނީ ދުވާފަރުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުރި ކަމާ އެ މަސައްކަތްތައް ނުފެށި ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން އެހެން ބައެއް މަސައްކަތްތައް އުނިކޮށްފައި ހުރިކަން ފާހަގަކުރައްވާ ރައިވަރެއް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވެސް ޔަޝްފާ ރައިވަރަކާ އަދި ލަަވއެއްގެ ތަންކޮޅެއްވެސް ވިދާޅުވެފައިވެއެވެ. އެ ރައިވަރާ ލަވަވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުުރުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved