ޕީއެންސީ ހަރުގެ ހުޅުވުން / ވަގުތު.އެމްވީ
ހަބަރު
ޕީއެންސީއަށް ވަގަށް މީހުން ވައްދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
29 ޑިސެމްބަރު 2024
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވަގަށް މީހުން ވައްދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މި ފަހަރު އެކަމުގެ ޝަކުވާ ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަސް 2005 ވަނަ އަހަރުން ފެށިގެން ސޮއިކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޠާރިގު އެވެ.

ޠާރިގު އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ބަަލައި ދިނުމަށް ފުލުހުންގެ ކޮމިޝަނަރ އަށް ފޮނުވި ސިޓީވެސް ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަކީ 2005 ވަނަ އަހަރުން ފެށީގެން މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ)އަށް ސޮއިކޮށްފައިވާ މީހެއް ކަމަށާ ނަމަވެސް 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލާއެކު އޭނާގެ އިނގިލީގެ ނިޝާން ފޯމުގައި ނެތުމުން ޕާޓީއިން ވަކިކުރުމުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އަލުން އެމްޑީޕީއާ ގުޅިފައިވާނެ ކަމަށް ހާމަކޮށްފައެވެ.

އެމްޑީޕީ ނޫން ޕާޓީއަކަށް ސޮއިނުކުރާކަން ހާމަކޮށް ޠޯރިގު ބުނެފަިއވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ. ނމަަވެސް އެއީ އޭނާއަށް އެނގުމަކާ ނުލާ ކޮށްފައި އޮތް ކަމެއް ކަމަށާ އެހެންކަމުން އެކަން ބަލައިދިނުމަށް އެދި އޭނާ ވަނީ ފުލުހުންނަށް ސިޓީ ފޮނުވާފައެވެ.

ޠޯރިގު ވިދޅާުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވައްދަން ވާނީ އެމީހުންގެ ރުހުމާ އެކު ކަމަށާ ޕާޓީ ކުދިން ކޮޅު ވެރި މީހާގެ ރުހުން ހޯދަންވެސް ނުކުރާނެ ކަންކަން ހުންނަންވާނެ ކަމަށެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީ ވަނީ ބަޔާންވެސް ނެރެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved