June 4, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހްމަދު
ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ސަރުކާރު ތެރެއިން ކުރާ ވައްކަންތަކުގެ މުގުލުގައި ހުރީ ރައީސް މުއިއްޒު: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 30, 2024, 07:43 PM
މާލެ ސިޓީ

ސަރުކާރު ތެރެއިން ގިނަ ވައްކަންތަކެއް ފެންމަތިވެފައިވާއިރު އެކަންކަމުގެ މުގުލުގައި ހުރީ ސިދާ ރައީސް މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުތެރޭ ފެންމަތިވެގެން އުޅޭ ހުރިހާ ވައްކަމެއް ގުޅެނީ ޕީއެންސީގެ ބޮޑުންނާ އަދި ސީދާ ރައީސް މުއިއްޒާ ކަމަށް ރައްޔިތުން ތުހުމަތުކުރާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ ވައްކަންތަކާއި ކޮރަޕްޝަންތަކުގެ މިނިވަން ތަޙްގީގަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދާޚިލީ ވަޒީރު އަލީ އިޙްސާނުކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ވަޒީރު އިހުސާނުގެ އަމާޒުހުރީ މިޖަރީމާތަކަށް ފަސްއަޅާ ފޮރުވަންކަމަށް ތުހުމަތު ކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ ހޯމް މިނިސްޓްރީ ދަށޫން ޑީއެންއާރު ހިނގާއިރު ޑީއެންއާރުގައި ހުރންނަ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް "ވަގަށް" މެމްބަރުން ވައްދަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބަލަން އެމްޑީޕީއިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved