
ދުންފަތުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ ރާވާފައިވެސް ނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިތާ 20 ދުވަސްތެރޭ ސަރުކާރުން ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަސައްކަތްތަކެއް ކުރާ ކަން ހާމަކުރުމުން އޭގެ ފަހަތުގައި އޮތް ސަބަބު ސާފުކޮށްދިނުމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު އެދިވަޑައިގަންނަވައިފިއެވެ.
ރައިސް މުއިއްޒުއާ އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ޓެގް ކުރައްވާ ޕީއެންއެފްގެ ނައިބުކަން ވެސް ކުރައްވާ ޑރ ޖަމީލު އެމަނިކުފާނުގެ ސޯޝަލް މީޑިޔާ ޕްލްޓު ފޯމުތަކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސުވާލު އުފެދޭ ގޮތަަކަށް ސަރުކާރުން ދުންފަތާ ގުޅުން ހުރި ޕޮލިސީއަކުން މި ނެގި ޔޫ-ޓާންއަކީ، ޑަބްލިޔުއެޗްއޯގެ ލަފާއަކާ ގުޅިގެން ކުރާ ކަމެއްގެ ގޮތުގައި ރިޕޯޓްކޮށްފައިވާކަމަށާ ދުންފަތުގެ ޓެކްސް 8 އިން ސައްތައިން އިން 4 އިން ސައްތަ އަށް ކުޑަކުރުމަށް ދިވެހި ސަރުކާރުން ވަނީ އިއުލާންކޮށްފައި ކަމަށެވެ.
މިފަދަ ކަމެއް މިހިނގަމުން ދަނީ، މީގެ 20އަކަށް ދުވަސް ކުރިން، އެ ޕޮލިސީ ރިވަރސް ކޮށްފައި ނުވާ ކަމަށް ރައީސް މުއިއްޒު ހާމަކޮށްފައިވަނިކޮށްކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވަނީ މި ސިޔާސަތުގެ އިސްނެގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓަރު ފެންނާތީ ހައިރާންވެވަޑައިގަންނަވާ ކަން ހާމަކުރައްވާފައެވެ.
މި ކުއްލި ބަދަލުވުމުގެ ސަބަބު ޑަބްލިއުއެޗްއޯއާ އަދި ރައީސް މުއިއްޒުވެސް ސާފުކޮށް ދިނުމަށް ވެސް ޑރ ޖަމީލު އެދިވަޑައިގެންފައެވެ.
ޑރ ޖަމީލު ވަނީ، މި ޕޮލިސީ ރިވާސް އައިސްގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކަން ފާހަގަކުރައްވާފައިވެސް މެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އައްޑޫއަކީ ހޯމް މިނިސްޓަރުގެ ދާއިރާ ކަމާއި، އެތަނުގައި ޖެހިޖެހިގެން އިންތިހާބީ ބަލިތަކެއް ކުރިމަތިވެފައިވާ ކަމަށް ބަލާއިރު، ދުންފަތުގެ ސިޔާސަތަށް ކުއްލިއަކަށް އައި މި ބަދަލަކީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްތޯ ސުވާލު އުފެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެެއް ކަމަށްވެސް ވިދާޅުވެފައެވެ.










