June 1, 2026
Advertisement
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބާވަތުގެ އެއްވެސް ކަމެއް، ދަންނަ ބޭކަލުންނަށް ނުފެނޭ: ޑރ ޖަމީލު
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބާވަތުގެ އެއްވެސް ކަމެއް، ދަންނަ ބޭކަލުންނަށް ނުފެނޭ: ޑރ ޖަމީލު / ތޭރަ އޮންލައިން

މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބާވަތުގެ އެއްވެސް ކަމެއް، ދަންނަ ބޭކަލުންނަށް ނުފެނޭ: ޑރ ޖަމީލު

May 31, 2026, 04:50 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބާވަތުގެ އެއްވެސް ކަމެއް ދަންނަ ބޭކަލުންނަށް ނުފެންނަ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލުގެ ނުުރުހުމާ ފާޑުވިދާޅުވުން އަމާޒުކުރެއްވީ، ދެ މަހުގެ މެދުކނެޑުމަކަށް ފަހު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް، ރައީސް މުއިއްޒު ބަހާ ކަމަށް ރަށު ތެރޭގައި އަޑުތައް ގަދަވެފައިވާ ރިޝަވަތުގެ ފައިސާ މި މަހު ދިން ކަމަށް "އަދަދު" ނޫހުން ރިޕޯޓު ކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދާޅުވެފައިވަނީ، ފެންނަމުން ދަނީ، ހުއްދަ ކަންތަކާއި މަނާކަންތައް ކަނޑައަޅަން ތިއްބެވި ފަރާތްތަކުގެ ޙާލަތު ހުރިގޮތް. ކަމަށާ މިއީ މުޖްތަމައުގެ ފޭރާން ވީދި ޚަރާބުވެގޮސްފައިވާ ހިސާބު ކަމަށެވެ.

ހަމައެހެންމެ، الله ތައަލާ ނަހީކުރެއްވި ރިޝްވަތުގެ ނުބައި ޢަމަލާމެދު ބަސްވިދާޅުވާން ކެރޭ ދަންނަ ބޭކަލަކުވެސް ހުރި ކަމަކަށް ނުވާކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒަށް ތުހުމަތު ކުރެވޭ އެބާވަތުގެ ކޮރަޕްޝަންގެ އެއްވެސް ކަމެއް ދަންނަ ބޭކަލުންނަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން އެބޭފުޅުންގެ ވަޓްސްއަޕް ގްރޫޕުތަކުގައިވެސް ރައީސް މުއިއްޒަ ހުންނަވާނަމަ ޙައްގުބަސް ވިދާޅެއް ނުވެވޭނެ ނޫންތޯ އައްސަވާ ޑރ ޖަމީލު ވަނީ ޕޯސްޓު ނިންމަވާލައްވަމުން މާނަފުން ސުވާލެއް ދޫކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved