May 30, 2026
Advertisement
އީދު ސަމާން ނުކޮށް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވުމުން ޑރ ޖަމީލުގެ ފާޑުކިޔުން
އީދު ސަމާން ނުކޮށް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވުމުން ޑރ ޖަމީލުގެ ފާޑުކިޔުން / ރައީސް އޮފީސް

އީދު ސަމާން ނުކޮށް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވުމުން ޑރ ޖަމީލުގެ ފާޑުކިޔުން

May 30, 2026, 03:03 PM
މާލެ ސިޓީ

އަޟްހާ އީދު އައިސް ބައްދަލުކޮށްފައިވަނިކޮށް، ގައުމުގެ ރައްޔިތުންނަށް މުނާސަބަތާ ގުޅުވާ ކުރާ އީދު ސަލާން ނުކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު ކުއްލި ގޮތަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމުން، ކުރީގެ  ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ، ބޮޑު ޢީދު މިއައީ ދިވެހިން މިފަހަކުން ނުދެކޭފަދަ ތަދުމަޑުކަމަކާއި އެކު ނަމަވެސް، ގައުމުގެ ރައީސް އިސްކުރެއްވީ، އަމިއްލަ އަރާމަށާ ޗުއްޓީއަށް ކަމަށާ ގައުމުގެ ރައީސަށް ރައްޔިތުން ކައިރީ އީދު ސަލާމަށްވެސް މަޑުކޮށް ނުލެވުނު ކަމަށެވެ.

ބޮޑު އީދު ބަންދެއް ދިމާވެ އާއިލާތައް ކައިރިއަށް އާންމު މުވައްޒަފުން ޗުއްޓީއަށް ދިޔައީ މުސާރައާ ނުލައި ކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވަނީ، ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއިއެކު ރައްޔިތުން ކުރިމަތިލާން ޖެހިފައިވަނީ ފަގީރުކަމާ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މުއްސަނދިވީ ރައީސް މުއިއްޒާ އެބޭފުޅާގެ އާއިލާއެކަނި ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ވެރިކަމެއް ގޯސްވާނީ މިހާކަންހާ ވަރަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved