March 12, 2026
Advertisement
ގާޒާގައި ޒަހަމްވާ މީހުންނަށް ފަރުވާ ދެމުންދިޔަ އިންޑޮނީޝިއަން ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް ހުއްޓުމުކަށް ގެނެސްފަ
ގާޒާގައި ޒަހަމްވާ މީހުންނަށް ފަރުވާ ދެމުންދިޔަ އިންޑޮނީޝިއަން ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް ހުއްޓުމުކަށް ގެނެސްފަ / އަލްޖަޒީރާ

ގާޒާގެ އިންޑޮނީޝިއަން ހޮސްޕިޓަލުން ދޭ ހިދުމަތްތައް ސަހްޔޫނީން ވަދެ ހުއްޓުވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 5, 2025, 05:32 PM
މާލެ ސިޓީ

ގާޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ހިދުމަތް ސަހްޔޫނީންގެ އަނިޔާވެރި ސިފައިން ވަދެ ހުއްޓުވައިފި އެވެ.

Advertisement

އެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓާލަން ޖެހުނީ ސަހްޔޫނީންގެ އިންޒާރުތަކުގެ ސަބަބުން މަޖުބޫރުވެގެންނެވެ. ސަހްޔޫނީން ވަނީ ހުކުރު ދުވަހު އިންޑޮނީޝިއަން ހޮސްޕިޓަލް ވަށާލައި، އެތަން ހުސްކުރަން އަމުރު ކޮށްފަ އެވެ.

ގާޒާގެ ސިއްހީ ނިޒާމު ފުނޑު ފުނޑުކޮށްލުމަށް ސަހްޔޫނީން ސިފައިން ތަކުރާރުކޮށް ދިން ހަމަލާތަކުގެ ތެރޭގައި މިދިޔަ ހަފުތާގައި ކަމާލް އަދުވާން ހޮސްޕިޓަލަށް ދިން ހަމަލާވެސް ހިމެނެ އެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަހްޔޫނީން ތަކުރާރުކޮށް ދިން ހަމަލާތަކުގެ ސަބަބުން އިންޑޮނޭޝިއާގެ ހޮސްޕިޓަލާއި އަދުވާން ހޮސްޕިޓަލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް މިދިޔަ ހަފްތާގައި އިޒްރޭލުން ދިން ހަމަލާގައި އެ ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނާއި ޕޭޝަންޓުންނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

އުތުރު ގާޒާގައި އިންޑޮނީޝިއަން ހޮސްޕިޓަލުގެ އިތުރުން ހިދުމަތް ދެމުން އަންނަނީ ކަމާލް އަދުވާން އަދި ބެއިޓް ހަނޫން ހޮސްޕިޓަލެވެ. އެ ތިން ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް ވެސް ވަނީ ހުއްޓިފަ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,658އަށް އުފުލިފަ އެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެ އެވެ.

އދގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސަހްޔޫނީންގެ ސިފައިން ވަނީ ގާތްގަނޑަކަށް 27 ހޮސްޕިޓަލަކާއި 12 މެޑިކަލް ފެސިލިޓީއަކަށް 136 އަށް ވުރެ ގިނަ ވައިގެ ހަމަލާދީފައެވެ.

ގެދޮރު ގެއްލި، ދިރިއުޅުން ހަލާކުވެ، އާންމުންގެ އެތައް ބަޔަކު ގާޒާއިން ޝަހީދުވަމުންދާއިރު ބޭސްފަރުވާގެ އެހީތެރިކަމުންވެސް ވަނީ މަރުހޫމުވެފަ އެވެ. ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގެ އަޑުވެސް ވަނީ ކަނޑުވާލާފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަހްޔޫނީން ގާޒާގެ ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ކައިރީގައި ދޭ ނުރައްކާތެރި ހަމަލާތަކާއި އެ ކަންކަމާ ގުޅިފައިވާ އަމަލުތަކުގެ ސަބަބުން ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ގާޒާގެ ރައްޔިތުންނަށް އިސްރާއީލު ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved