April 4, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ސޯޝަލް މީޑިއާ

މައްކާގައި ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީތެރިކަން އިސްލާމިކް މިނިސްޓްރީއިން ފޯރުކޮށްދެނީ

Mohamed Shahym
މުހައްމަދު ޝަހީމް
Jan 9, 2025, 03:49 AM
މާލެ ސިޓީ

ނިމިދިޔަ ޑިސެމްބަރު މަހު ތެރޭގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދަތުރުކުރި ދިވެހި އުމްރާވެރިންގެ ތެރެއިން ގްރޫޕެއްގެ ހަވާލުގައި ގޮސް ނާދެވިފައިތިބި އުމްރާވެރިންގެ ހާލަތު ވަރަށްގާތުން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement

މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ރާއްޖެ ނާދެވި މައްކާގައި ތާށިވެފައިވާތީ އެމީހުންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

އަދި އެމީހުން ރާއްޖެ ގެނައުމަށް ކޮށްދެވެންހުރި ކަންކަން މިނިސްޓްރީން ކުރާނޭކަމަށް ޝަހީމް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ މިފަހަރު އުމްރާއަށްދިޔަ ދިވެހިންގެ ބަޔަކު މައްކާގައި ތާށިވެފައި ތިބެންޖެހުނު މައްސަލައެއް އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އެމީހުން ގެންދިޔަ ގްރޫޕަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައޮތް ކުންފުންޏެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ދީނުގެ މަތިވެރި އަޅުކަމަކަށް މައްކާގެ މާތް ބިމަށް ދާ ފަރާތްތަކަށް މިފަދައިން އިހުމާލުވާ ގްރޫޕްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މިނިސްޓަރގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ 24 މީހަކު މައްކާގައި ރާއްޖެ ނާދެވިފައި ތިބިއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ. އެމީހުން ރާއްޖެ އަންނަން މިމަހުގެ 5 ވަނަ ދުވަހު ހަމަޖެހިފައިވާކަމަށް ބުނެފައިވީ ނަމަވެސް ޓިކެޓް ހަމަނުޖެހި ވަނީ ފުރޭ ގޮތެއް ނުވެފަ އެވެ.

މިފަހަރު ރާއްޖެއިން އެންމެގިނަ މީހުން އުމްރާއަށް 6373 ވުރެ ގިނަ މީހުން އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved