March 25, 2026
Advertisement
އެމްޕީން ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
އެމްޕީން ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން / އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީ އިން މިމަހު 31ގައި މާލޭގެ މަގުމައްޗަށް އެއްވަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 9, 2025, 04:08 PM
މާލެ ސިޓީ

"ގާނޫނުއަސާސީގެ ދިފާއު" ކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީ އިން މިމަހު 31ގައި މާލޭގެ މަގުމައްޗަށް ނިކުންނަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

Advertisement

އެމްޑީޕީ އިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގާނޫނުއަސާސީގެ ދިފާއުގައި މަގުމައްޗަށް ނިކުންނަން ހުށަހެޅީ ރިޔާސަތުންނެވެ.

މި ހުށަހެޅުމަށް އެއްވެސް މީހަކު އިއުތިރާޒެއް ނުކުރެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، އެމްޑީޕީން ދުރާލާ ރާވައިގެން މަގުމަތީގައި އިހުތިޖާޖުކުރަން ބާއްވާ ފުރަތަމަ ހަރަކާތެވެ.

އެމްޑީޕީން އިހުތިޖާޖަށް ނިކުންނަން ނިންމާފައިވާއިރު، މަޖިލީހުން މިދިޔަ އަހަރު ވަނީ ގާނޫނު އަސާސީ އަށް ކުއްލި އިސްލާހުތަކެއް ގެނެސްފަ އެވެ.

އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ.

އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved