February 26, 2026
Advertisement
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ / -

ޕީއެންސީން ވަގު ފޯމް ފުރުމަކީ ވަރަށް ލަދުވެތި ކަމެއް: އަސްމާ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 14, 2025, 04:42 PM
މާލެ ސިޓީ

ވެރިކަންކުރާ ޕީއެންސީއަށް މީހުން ގިނަކުރަން ވަގު ފޯމް ފުރުމަކީ ވަރަށް ވިޔާނުދާ ލަދުވެތި ކަމެއް ކަމަށް އެ ޕާޓީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަސްމާ ރަޝީދު ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އަސްމާ ވިދާޅުވީ، މެންބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކުގައި ބޭނުންކުރި އައިޑީ ކާޑުގައި ހުންނަ މީހުންގެ ފޮޓޯތައް ބަދަލުކޮށް ގަމީސް ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.

އެކަން ކުރީ ޕީއެންސީގެ ޖަގަހައިގެ ތެރޭގައި ހުރި ކޮޓަރިއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މިއެއް ނޫން މީހުން އިތުރު ކުރާ ގޮތަކީ. ވަރަށް ވިޔާ ނުދާ، ލަދުވެތި ކަމެއް. ވަރަށް ލަދު ވެސް ގަނޭ.

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ

އެކި މީސްމީހުން ނަމުގައި ވަގު ފޯމު ހަދައިގެން، އެ މީސްމީހުންގެ ސިފަ ބަދަލުކޮށްފައި ހުރި ފޮޓޯ ޖަހައިގެން އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ ވަގަށް ޕީއެންސީއަށް ވައްދާފަ އެވެ.

އެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ގޮސް އެމްޑީޕީން އިހްތިޖާޖުކުރުމުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރު ޒިޔާދުގެ ފޯމަކީ ވަގު ފޯމެއްކަން ފާހަގަވި ހިސާބުން އެ ފޯމް ބާތިލްކޮށްފައިވާ ކަމަށެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved