
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް ފައިސާ ދޫކުރުމުގައި ވަކިވަކިން އެޕާޓީގެ ދަފުތަރުގެ ކޮންމެ މީހަކާ ގުޅާ ވެރިފައިކުރުން އިލެކްޝަންސް ކޮމިޝަން އީސީއަށް ލާޒިމްވާނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެގޮތުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އެއްކޮށް ދަވާލުމަށްޓަކައި ޕީއެންސީންކުރި ބޮޑު ވައްކަން ފަޅާ އަރާފައިވާކަމަށް މަލީހު ވިދާޅުވިއެވެ. އެހެންކަމުން ޕީއެންސީއަށް ފައިސާ ދޫކުރުމުގައި ވަކިވަކިން އެޕާޓީގެ ދަފުތަރުގެ ކޮންމެ މީހަކާ ގުޅާ ވެރިފައިކޮށްފަ ނޫނީ ފައިސާ ދޫނުކުރުނުކުރަން މިއަދު އީސީއަށް ލާޒިމްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައިގައި އީސީއިން ވަނީ އޮންލައިން ބައޮމެޓްރިކްސްގެ ތެރެއިން އީފާސް ބޭނުންކޮށްގެން ޕާޓީތަކަށް ރަޖިސްޓާ ކުރެވޭނެހެން އުސޫލު ބަދަލު ކުރުމަށް ދާދި ފަހުން ނިންމާފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންކަންވެސް ފާހަގަކޮށްލެވެއެވެ.










