އެމްޑީޕީ ޖަގަހަ އަށް ކަޅުތެޔޮ ޖަހާފައި-- / ސޯޝަލް މީޑިއާ
ހަބަރު, ސިޔާސީ
އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި، ޕީއެންސީން ކުރި ކަމެއްތަ..؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖެނުއަރީ 2025
މާލެ ސިޓީ

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައި، ގެއްލުން ދީފި އެވެ.

ރޭގެ ވަގުތެއްގައި ކަޅުޔެތޮ ޖަހާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާ އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންތަކަކާއި ޕީއެންސީގެ އެކްޓިވިސްޓުންތަކެއްގެ ފޮޓޯ، ކަރުދާހަށް ޕްރިންޓުކޮށް ހަރުކޮށްފައި ހުރީ، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަގަނޑު ދޮރަށެޗެ އެވެ.

ނަމަވެސް އެކަން ކުރީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެމްޑީޕީން ތުހުމަތު އަޅުވަނީ ވެރިކަން ކުރާ ޕީއެންސީގެ ބޮލުގައި އެވެ.

އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖެހުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑީއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވީނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޕާޓީތަކުގެ މެދުގައި ހިނގާ އެފަދަ ކަންކަމާ ގުޅިގެން ކަޅުތެޔޮ ޖެހުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved