ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުންގެ ފައިސާއަށް ގޮތްގޮތް ހަދާއިރު މަޖިލީހުގައި ތިބެ ބޮޑެތި މައިކުތަކުން ކީއްބާ މި ކުރަނީ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖެނުއަރީ 2025
މާލެ ސިޓީ

ރައްޔިތުންގެ ފައިސާއަށް ގޮތްގޮތް ހަދާއިރު ރައްޔިތުންގެ މަޖިލީހުގައި ތިބެ ބޮޑެތި މައިކުތަކުން ކުރަނީ ކީއްކަމާ މެދު ރައީސް އަބްދުﷲ ޔާމީން މަޖާޒީ ގޮތަކަށް ސުވާލު އުފައްދަވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ކަންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނޫމަޑި މައްސަލައަކީ ވެސް އެމްޑިޕީއާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އޭރު އުފަން ކުރުވި މައްސަލައެއް ކަމަށާ އެކަމުގެ ބަދަލުގެ ގޮތުގައި ފައިސާތަކެއް ދޭން ޖެހުނީ އެ މައްސަލަ ނިމިފައި އޮއްވާ އެ މައްސަލަ އަލުން އުފަންކުރުވުމުން ކަމަށެވެ.

އެކަމުގެ ފައިދާ ރައީސް މުއިއްޒަށް ވެސް އަދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށްވެސް ލިބިފައިވާކަމާ މެދު ޔަގީން ކަމަށެވެ.

އެހެންކަމުން ބަޖެޓުގައި ނުޖަހާ ކުރަން ފެށި ރަސްމާލޭގެ މަސައްކަތުންވެސް ރައީސް މުއިއްޒަށް ބައި އެޅޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާ ނަމަވެސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުންދާއިރު މަޖިލީހުގައި އެންމެ ބާރަށް ހަޅޭއްލަވާ މެމްބަރުންގެ ހިލަމެއް ނުވާތީ ރައީސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ނޫމަޑިއަކީ މާ މަދު ފައިސާއަކަށް ކުރި ކަމެއް. ރާޖޫ މާލެ އަކީ 4 ބިލިއަން ރުފިޔާގެ ކަމެއް. ބޮޑެތި މައިކުތައް މަޖިލީހުގެ ތެރޭގައި ކޮބައިތޯ ރައްޔިތުންގެ ފައިސާއަށް ގޮތް ގޮތް ހަދާއިރު.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ ދީން ދިފާއުކުރަން އައި ސަރުކާރެއް ނަމަވެސް ސަމޯއާ އެގްރިމަންޓުގައި ސޮއިކޮށް ސަރުކާރުން ވަނީ އެކަމަށް ޚިޔާނާތްތެރިވެފައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved