March 20, 2026
Advertisement
ރައީސް އޮފީސް
ރައީސް އޮފީސް

ފެބްރުއަރީ 6، ސަރުކާރު ބަންދު!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 15, 2025, 10:00 PM
މާލެ ސިޓީ

އަންނަ މަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަ ޖައްސައިފިއެވެ.

Advertisement

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޑރ މުހައްމަދު މުއިއްޒު، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ.

ޖަލްސާ އޮންނާނީ ހައެއް ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައެވެ. މިއީ، ވިހި ވަނަ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާނެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މީގެ ކުރިން ރައީސް މުއިއްޒު، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވީ މިދިޔަ 19 ވަނަ މަޖިލީހުގައެވެ. ނަމަވެސް އެ ދުވަހު ސަރުކާރު ބަންދުކޮށްފައިނުވެއެވެ.

މި އަހަރަށް މަޖިލިސް ފެބްރުއަރީ މަހު ހުޅުވާއިރު ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ބިލުގެ މަސައްކަތާ މެދު ގޮތް ނިންމަން މަޖިލީހުން ކަނޑައަޅާފައިވަނި ފެބްރުއަރީ މަހަށެވެ. އެއީ ސަހްޔޫނީންގެ ޕާސް÷ޯޓު މަނާކުރުމުގެ ބިލެވެ.

އަންނަ މަހު މަޖިލިސް ހުޅުވާއިރު، މި މަހު ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް މާދަމާ ބައްވަން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved