ރައީސް މުއިިއްޒު ޗައިނާގެ ރައިސް އަރިހުގައި / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒު ޗައިނާއިން އެނބުރި ވަޑައިގަތީ ހުސް އަތާ، ލަންކާގެ ރައީސަށް ޗައިނާއިން 3 ބިލިއަން ޑޮލަރު!
Mariyam Isaadha
މަރިޔަމް އިސާދާ
17 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ބައި ލޯ ލާރިވެސް ނުލިބުނުއިރު ތަޖުރިބާ މަދު ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންވެސްޓުމަންޓުގެ ގޮތުގައި އެ ގައުމަށް 3 ބިލިއަން ޑޮލަރު ހޯއްދަވައިފިއެވެ.

މިކަމާ ގުޅިގެން މީސް މީޑިޔާގައި ދަނީ ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުވަމުންނެވެ.

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގައި ހަމްބަންޓޯޓާގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް އެޅުމަށް ޗައިނާގެ ސިނޮޕެކް ކޯޕަރޭޝަނުން އެއްބަސްވެ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އިންވެސްޓްމަންޓަކީ އިގުތިސާދީ ގޮތުން ދަތި ހާލުގައި އޮތް ސްރީލަންކާއަށް ލިބުނު ބޮޑު ކުރިއެރުމަކަށްވާނެއެވެ.

ހަމްބަންޓޯޓާގައި ސިނޮޕެކުން ގާއިމު ކުރާ ތެޔޮ ސާފުކުރާ ކާރުހާނާއިން ދުވާލެއްގެ މައްޗަށް 200،000 ފީފާ ސާފު ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ސްރީލަންކާގައި ބޭނުން ކުރުމަށްފަހު ރަނގަޅު އަދަދެއް އެކްސްޕޯޓު ވެސް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ނަމަވެސް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލޯނުތައް ރީފައިނޭންސް، ނުވަތަ ރީޝެޑިޔުލް ކޮށް ދިނުމަށް ވެސް އެދިވަޑައިގެން އޭގެ އިތުރުން އެހީއަށް ވެސް އެދިވަޑައިގެންނެވުމުންވެސް އެއިން ކަމަކަށް ޗައިނާއިން އިޖާބަ ދީފައިނުވެއެވެ.

ސަބަބެއްކަމަށް ބެލެވެނީ ޗައިނާގެ ލޯނުތައް އެވަރަށް އިތުރުވެފައިވާ ޤައުމަކަށް އެ ޤައުމުން، ފައިސާގެ އެހީ ދޭނަމަ، އިތުރަށް ރީ ފައިނޭންސް ކޮށެއް ނުދޭނެކަމާ ކުރެވޭނީ ދެކަމުން ކޮންމެވެސް އެއް ކަމެއްކަން ރައީސް މުއިއްޒަށް އެނގި ނުލެއްވުމެވެ.

އެހެންކަމުން ރާއްޖެއަށް އެހީއެއްވެސް އަދި ލޯނު މައާފެއް ނުލިބި ސްރީލަންކާ ފަދަ ގައުމަކުން 3.7 ބިލިއަން ޑޮލަރުގެ މަންފާއެއް ދަތުރުގެ ތެރެއިން ހާސިލްކުރުމުން ގިނަ ބަޔަކު ގެންދަނި ރައީސް މުއިއްޒުގެ ނާގާބިލުކަމާ މެދު ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން މުހައްމަދު ޖިނާހު މަނިކު ނަމަކަސް ކިޔާ ފޭސްބުކް އައިޑީގައި ލިޔުއްވާފައިވަނީ ރައީސް މުޢިއްޒުގެ ޗައިނާ ދަތުރުން ލިބިވަޑައިގެންނެވީ އަނބިކަނބަލުންނާއެކު ޗައިނާގެ ބޮޑު ފާރުގައި ނެންގެވި ފޮޓޯއެއް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ބޭރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެނބުރި ވަޑައިގަންނަވަނީ ހުސްއަތާކަމާ ދޮގުހެދުން ހައްދުފަހަނައަޅައި ދިޔުމުން އެއްޗެއް ދޭނެ މީހަކު ނުހުންނާނެ ކަމަށް ބުނެ ވެސް މީސް މީޑިޔާގައި ނުރުހުން ފާޅުކޮށްފައިވެއެވެ.

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބޮޑު އިންވެސްޓްމަންޓެއް އެ ގައުމަށް ލިބުނުއިރު ރައީސް މުއިއްޒަށް ޗއިނާއިން އެއްވެސް އެހިއެއް ނުލިބި ފަނުފުލުން ދިޔައިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުވާ ލޯނުތައް ދެއްކޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved