March 23, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މީގެ ކުރިން ބަލާނެ ކަމަށް ބުނި ކަންކަން އާރާ ބާރާ ލިބުމުން ނުބެލިގެން އުޅެނީ ކީއްވެބާ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 20, 2025, 02:57 AM
މާލެ ސިޓީ

ވެރިކަމަށް އައުމުގެ ކުރިން ބަލާނެ ކަމަށް މި ސަރުކާރުގެ ވެރިން ހާމަކުރި މައްސަލަތައް އާރާ ބާރާ ލިބުމުން ނުބެލިގެނިގެން އުޅޭ ސަބަބާ މެދު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބޭއްވި ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީއެންއެފުން ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ ބަސްބުނަމުންދާތީ އެކަމަށް ސަރުކާރުގެ ތެރެއިން އެކި ލެވެލުގައި ރައްދު ދެމުންދާއިރު ޕީއެންއެފުން ކުރަނީ އެ ޕާޓީއަށް ގާނޫނުން ލާޒިމުވެސް ނުވާ ކަމެއް ކަމަށާ ނަމަވެސް އެކަން ކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެގޮތުން އެމްޑީޕީއަކީ މިއަދު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރުކުރަން ގާނޫނުން އެ ޕާޓީއަށް ލާޒިމް ކުރާއިރު އެމްޑީޕީއިން ކުރާ ކަންކަމުގައި ޕީއެންއެފުން ބައިވެރިނުވާ ކަމަށާ ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ޖެހިއްޖެ ނަމަ އެކަން ޕީއެންއެފުން ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީއެންއެފުން މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި. ޕީޕީއެމް ޕީއެންސީގެ ވެރިން މީގެ ކުރިން ދެއްކި ވާހަކަތައް ހަނދާން ނެތުނީތޯ. މީގެ ކުރިން ބަލާނެ ކަމަށް ބުނި ކަންކަން އާރާ ބާރާ ލިބުމުން ނުބެލިގެން އުޅެނީ ކީއްވެބާ؟

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ހުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ކަމަށާ އެކަމުން ވައްކަން ކުރުމަށް ފަހު ބާރަށު ދާއިރާގެ މެމްބަރުން ފަދަ ބޭފުޅުން ދައްކަނީ ދެކޮޅު ޖެހޭ ވާހަކަތައް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved