March 23, 2026
Advertisement
ރާއްޖޭގައި ފާލުބެލުމާއި ރޫހާނީ ފަރުވާގެ ހިދުމަތް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ދިޔަ އިންޑިއާ ތިން މީހުން
ރާއްޖޭގައި ފާލުބެލުމާއި ރޫހާނީ ފަރުވާގެ ހިދުމަތް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ދިޔަ އިންޑިއާ ތިން މީހުން / ޕޮލިސް

މިފަހުން ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދޭންފެށި އިންޑިއާ ގުރޫޕު ޑީޕޯޓުކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 23, 2025, 03:31 AM
މާލެ ސިޓީ

ރާއްޖޭގައި ފާލު ބަލަން އުޅުނު އިންޑިއާގެ ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

Advertisement

އިމިގްރޭޝަނުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ޑީޕޯޓުކޮށްލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިންޑިއާއަށް ނިސްބަތްވާ އެ ތިން މީހުންނަކީ:

  • ނަގަރަޖާ ބައިލްޕަޓީ، 39 އަހަރު
  • ދަނަންޖޭ ބައިލްޕަޓީ، 18 އަހަރު
  • ސްރީހަރީ ވަނަމް، 25 އަހަރު

މި ތިން މީހުން ހައްޔަރުކޮށްފައިވާއިރު، މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ހިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ދިވެހީންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސް އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ އިޝްތިހާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved