ސަފާ ޝަފީގު / ސޯޝަލް މީޑިއާ
ހަބަރު
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އިންތިހާބުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ޖެނުއަރީ 2025
މާލެ ސިޓީ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސް ކަމަށް ސަފާ އައްޔަންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

މަރިޔަމް ވަހީދާގެ އިތުރުން މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ 5 ޑިސެމްބަރަށް ހަމަވެފައިވާތީ އެ ކޮމިޝަނަށް ދެ މެންބަރަކު މިހާރުވަނީ އައްޔަންކޮށްފަ އެވެ.

އެއީ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އައިމިނަތު ސަރާހަތު އިއްޒަތު އެވެ. މިދިޔަ ބުރާސްފަތި ދުވަހު ދައުުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމާ އެކު އިއްޔެ ވަނީ ދެ ބޭފުޅުން މަގާމަށް އައްޔަންކޮށްފަ އެވެ.

ބްރޯޑްކޮމްގައި ހަތް މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved