March 14, 2026
Advertisement
ގާޒާގައި އިޒްރޭލުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ގާޒާގައި އިޒްރޭލުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން / ގެޓީ އިމޭޖަސް

ގާޒާގެ ނަސްރު ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް މާދަމާ ބާއްވަނީ!

Hussain Nawaf
ހުސައިން ނަވާފް
Jan 23, 2025, 07:07 PM
މާލެ ސިޓީ

ގާޒާއަށް އަރައިގަނެ ސަހްޔޫނީން ހިންގަމުންދިޔަ ނަސްލު ނައްތާލުމުގެ މަސައްކަތް މެދުކަނޑާލައި ސަހްޔޫނީ ސިފައިން ގާޒާއިން ފޭބުމާ ގުޅިގެން އުފާ ފާޅު ކުރުމަށް ގާޒާގެ ނަސްރު ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

Advertisement

ގާޒާގެ ނަސްރުގެ ނަމުގައި އެ އެއްވުން ބާއްވަން ނިންމާފައި ވަނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ. އެ ހިނގާލުން އިންތިޒާމު ކުރަނީ އިސްރާ އެސޯސިއޭޝަނުންނެވެ.

ސަހްޔޫނީން ގާޒާއަށް އަރައިގަތީ އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ސަހްޔޫނީން ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ ހަނގުރާމަ އިއުލާނު ކުރުމަށްފަހު އެވެ.

ގާޒާގައި ސަހްޔޫނީން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް މެދުކަނޑައިލަން އެއްބަސްވުމަކާ ހަމައަށް އައީ ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަޝްވަރާތަކަށްފަހު އެވެ. ހަނގުރާމަ ހުއްޓައިލަން ސަހްޔޫނީން ހަމާސްއިން އެއްބަސްވުމަކަށް އައީ މަރުހަލަތަކަކަށް ބަހާލައިގެން އެކަން ކުރުމަށެވެ. އޭގެ ފުރަތަމަ މަރުހަލާ މިދިޔަ އާދީއްތަ ދުވަހު ފެށުނުއިރު، މި މަރުހަލާ ދެމިގެންދާނީ ހަ ހަފުތާއަށެވެ. އެއްބަސްވުމުގެ ދަށުން ދެވަނަ އަދި ތިންވަނަ މަރުހަލާއަކަށް ދާން ހަމާސް އާއި ސަހްޔޫނީން އެއްބަސްވި ނަމަވެސް އެ މަރުހަލާތަކުގައި ކުރާނެ ކަންކަމާމެދު މަޝްވަރާ ކުރާނީ މި މަރުހަލާގެ މުއްދަތުގަ އެވެ.

ސަހްޔޫނީން ގާޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ގާޒާއިން ފޭބުމާ ގުޅިގެން ގާޒާގެ އާންމުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އެކަމުގެ އުފަލުގައި ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް އުފާ ފާޅު ކުރުމުގެ ހަރަކާތްތައް މި ހަފުތާ ތެރޭގައި ދަނީ ހިންގަމުންނެވެ.

ސަހްޔޫނީން ގާޒާއަށް ދިން ހަމަލާތަކުގައި ގާޒާއިން 46،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި 11،000 އެއްހައި މީހުން ޒަހަމުކޮށްލާފައިވެ އެވެ. ގާޒާއިން ޝަހީދުވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved