March 12, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ސަހްޔޫނީންދިން ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Jan 24, 2025, 02:07 PM
ޣައްޒާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޣައްޒާގެ ދެކުނާއި މެދުތެރޭގައި ސަހްޔޫނީންދިން ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.

Advertisement

އެގޮތުން ގާޒާގެ ދެކުނުގެ ހުޅަނގު ރަފާހުގެ ޓެލް އަލް ސުލްތާން ސަރަހައްދުގައި ހުންނަ ގެއަކަށް އަމާޒުކޮށްގެން ސަހްޔޫނީންދިން އާޓިލަރީ ހަމަލާއެއްގެ ތެރެއިން ޝަހީދުވިކަމަށް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ސަހްޔޫނީންނާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ އަވަށް ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި އައުމުގެ ފުރުސަތު ދީފަ އެވެ.

ސަހްޔޫނީން ގާޒާއަށް އަރައިގަތީ އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ސަހްޔޫނީން ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ ހަނގުރާމަ އިއުލާނު ކުރުމަށްފަހު އެވެ.

ގާޒާގައި ސަހްޔޫނީން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް މެދުކަނޑައިލަން އެއްބަސްވުމަކާ ހަމައަށް އައީ ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަޝްވަރާތަކަށްފަހު އެވެ. ހަނގުރާމަ ހުއްޓައިލަން ސަހްޔޫނީން ހަމާސްއިން އެއްބަސްވުމަކަށް އައީ މަރުހަލަތަކަކަށް ބަހާލައިގެން އެކަން ކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved