April 18, 2026
Advertisement
އިސްރާއިލުން ފަލަސްތީނަށް ހަމަލާތައް ދެނީ
އިސްރާއިލުން ފަލަސްތީނަށް ހަމަލާތައް ދެނީ / ސޯޝަލް މީޑިއާ

ސްނައިޕަރުން ހޮސްޕިޓަލުގެ ބޭރުގައި އާންމުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ

Fathmath Reem
ފާތުމަތު ރީމް
Feb 9, 2024, 06:08 PM
ޣައްޒާ

ޚާން ޔޫނިސްގައި އިސްރާއީލުގެ ސްނައިޕަރުން ނާސިރު ހޮސްޕިޓަލުގެ ބޭރުގައި އާންމުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

Advertisement

ދެކުނު ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލް ވަށައިގެން ފެންނަނީ އިސްރާއިލުން އަމާޒުކޮށްގެން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކުރަމުން ދާ މަންޒަރެވެ. އިސްރާއީލުން ދަނީ ސްނައިޕަރު ބޭނުން ކޮށްގެން ސިއްހީ މަރުކަޒު ކައިރީގައި އޮންނަ ސަރަހައްދު ވަށާލައި މީހުންނަށް ބަޑިޖަހަމުންނެވެ. މިހާތަނަށް މަގުމަތިން 17 މީހުންގެ ފުރާނަނެތް ހަށިގަނޑު ވަނީ ފެނިފައެވެ.

އިސްރާއީލުގެ ޓެންކްތަކުން ރަފާގެ އިރުމަތީ ސަރަހައްދުތަކަށް ބަޑިޖަހަމުންދާއިރު، ބިމުން ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ފަލްސްތީނު ރައްޔިތުންނަށް ދަނީ ބޮޑުވަމުންނެވެ.

ޣައްޒާގެ މެދުތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޮން ގޮއްވާލުމުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިވިލް ޑިފެންސް މެމްބަރުންނަށް އެތަނަށް ނުދެވުނީ ބޮޑެތި ބޮން ގޮއްވާލުމާއި ކުދި ހަތިޔާރުގެ ބަޑިޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓު ތަކުން ހާމަކުރެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި 27،840 މީހުން ވަނީ ޝަހީދު ވެފައެވެ. އަދި ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބި 67،317 މީހުން ވަނީ ޒަޚަމްވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved