ރައީސް ޓްރަމްޕް ގަރާރުގައި ސޮއި ކުރެެއްވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަނީ / ނިއުސް ފަރސްޓް
ދުނިޔެ
ގާޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެން ޓްރަމްޕް ބާރު އަޅަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޖެނުއަރީ 2025
މާލެ ސިޓީ

މިސްރާއި ޖޯޑަން ފަދަ އަރަބި އެހެން ގައުމުތަކުން ފަލަސްތީނުގެ ރެފިއުޖީން އެތެރެކޮށްގެން، ގާޒާ ސަރަހައްދު އެއްކޮށް ފަލަސްތީނުގެ ބާރުން ނެރެން ބޭނުން ވާކަމަށް އެމެރިކާގެ ރައީސް ޑޮޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މި ކަމާ ގުޅޭ ގޮތުން އޭނާ އުރުދުންގެ ރަސްގެފާނު ޢަބްދުاللهއާ މަަޝްވަރާ ކުރައްވާފައިވާއިރު، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއަށް ގުޅުއްވައި އެ ކަމަށް ބާރުއަޅުއްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ އާދީއްތަ ދުވަހު ވާހަކަ ދައްކަވާނެ ކަމަށާއި، މިސްރުން ވެސް ޣައްޒާ މީހުން ގެންދަން އެދިވަޑައިގަންނަވާނެ ކަމަށެވެ.

އެމެރިކާގެ ކުރީގެ ލީޑަރުންނެކޭ އެއްގޮތަށް ޓްރަމްޕްއަކީ ވެސް ސަހްޔޫނީށް ތާއީދުކުރާ މީހެކެވެ. އޭނާވަނީ މިސްރުން ގާތްގަނޑަކަށް މިލިއަނެއްގައި ރެފިއުޖީން ނެގުމުން މިކަން ނިމުނީ ކަމަށް ވިދާޅުވެފަ އެވެ.

ސަހްޔޫނީންނާއި ގާޒާ ހަނގުރާމަ ފެށުމުގެ ކުރިން ފަލަސްތީނު ސަރަހައްދުގެ އާބާދީއަކީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންނެވެ. ސަހްޔޫނީން ގާޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތައް ހުއްޓާލީ މި މަހުގެ 19 ދުވަހު މިސްރާއި ޤަތަރު އަދި އެމެރިކާ މެދުވެރިވެގެން ހުށަހެޅި އެއްބަސްވުމެއްގެ ދަށުންނެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކުގެ ނިޔަތާ މެދު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ގާޒާއަށް ވެރިވެގަތުމަކީ ޔަހޫދީންގެ ބޭނުމެކެވެ. އަދި، އެ ބިންތައް ފޭރިގަނެ، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޒަޔަނިސްޓު ސަހްޔޫނީންގެ ސަރުކާރުގެ އަމާޒެކެވެ. އެ ކަން ކުރެވޭނީ، ގާޒާގެ ރައްޔިތުން ރެފިއުޖީންނަށް ހަަދައި، އެ މީހުންގެ ގެދޮރާއި ވަޒަނުން ބޭރުކޮށްގެންނެވެ. ޒަޔަނިސްޓު ސަހްޔޫނީންގެ ދައުލަތް ގާއިމު ކޮށްފައި ވަނީ ވެސް، ފަލަސްތީނުގެ މުސްލިމުންގެ ބިންތައް ފޭރިގަނެ، އެ ތަނުގެ އަހުލުވެރިން ރެފިއުޖީންގެ ގޮތުގައި އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ފަހު އެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved