April 24, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

މިފަދަ ބޭއިންސާފާ އަނިޔާއަށް ރައްޔިތުން މާފު ނުކުރާނެ: މަލީހު

Fathmath Reem
ފާތުމަތު ރީމް
Feb 10, 2024, 12:36 AM
މާލެ ސިޓީ

މިފަދަ ބޭއިންސާފާ އަނިޔާއަށް ރައްޔިތުން މާފެއް ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ޑރ މުއިއްޒުއަށް މިއަދުވެސް އެމަނިކުފާނު ބޭނުންނަމަ ރައީސް ޔާމީން މިނިވަން ކުރެވޭނެ ކަމަށާއި މިފަދަ ބޭއިންސާފާ އަނިޔާ ރައްޔިތުން މާފެއް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ޑރ މުއިއްޒު މިއަދު ވެރިކަމަށް އަރާ އެހުރީ ރައީސް ޔާމީންގެ ބުރަކަށި މަތީގައި ކަމަށެވެ.

މި ސަރުކާރަކީ ރައީސް ޔާމީންގެ ފޮޓޯ ޖައްސަވައިގެން، ރައީސް ޔާމީން މިނިވަން ކޮށްދޭނެ ކަމަށް ރައްޔިތުންގާތު ވައުދުވެގެން އައި ސަރުކާރެއް ކަންވެސް ފާހަކޮށްލެވެއެވެ. އެހެން ނަމަވެސް މި ސަރުކާރުން ރައީސް ޔާމީން މިނިވަން ކުރުމަށް އެއްވެސް މަސެއްކަތެއް ނުކުރާނީ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved