ބެލަރޫސްގެ ރައީސްގެ މަގާމަށް ހަތްވަނަ ފަހަރަށް ލުކަޝެންކާ އިންތިހާބުވެއްޖެ / ބީބީސީ
ދުނިޔެ
ބެލަރޫސްގެ ރައީސްގެ މަގާމަށް ހަތްވަނަ ފަހަރަށް ލުކަޝެންކާ އިންތިހާބުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަލެކްސާންދްރަ ލުކަޝެންކާ ކާމިޔާބު ކުރައްވައިފި އެވެ.

ބެލަރޫސްގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ލުކަޝެންކޯ ވަނީ ވޯޓުލާން ނިކުން މީހުންގެ ތެރެއިން 82.1 އިންސައްތަ ވޯޓު ހޯއްދަވާފަ އެވެ.

އިންތިހާބުގެ ނަތީޖާއާ އެކު ބެލަރޫސްގެ މައި އިދިކޮޅު ޕާޓީގެ ވެރިޔާ ސުވިތުލާނާ ތިހުނުވްސްކާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ލުކަޝެންކާއަކީ ޚުދްމުޚްތާރު ވެރިއެކެވެ. އަދި، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އޭނާ ޣައިރުޤާނޫނީ ގިނަ ކުށްތަކެއް ކުރައްވާފައިވާ ކަމުގައި ތިހުނުވްސްކާ ތުހުމަތު ކުރެއްވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ މިއީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ މި އިންތިހަބަކީ ޑިމޮކްރެޓިކް މިންގަނޑުތަކާ ހިލާފު އިންތިހާބެއް ކަމަށް ބުނެފަ އެވެ.

ރައްދުގައި ލުކަޝެންކާ ވިދާޅުވީ، އެމެރިކާ އަދި ހުޅަނގުގެ ބާރުތަކާ މެދު ފަރުވާލެއް ނެތް ކަމަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާގައި ރަޝިއާގެ ރައީސް ޕުޓިންއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އެއް ބޭފުޅަކީ ލުކަޝެންކާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved