

ފިނޭން މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުތައް ނުނެރުމުން 13އޮންލައިން އިން އެކަމާ ގުޅިގެން ސުވާލުކުރުމުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ނެރޭނެކަމަށް ބުނި ރިޕޯޓު ނުނެރޭކަން ހާމަވެއްޖެ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ސަރުކާރުގެ މާލިއްޔަތުގެ ޚުލާސާއާއި، ހަރަދާއި އާމްދަނީގެ ތަފްސީލީ ނަތީޖާއާއި، ރިޕޯޓިންގ ހަފްތާއަށް ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ފޯރުކޮށްދެއެވެ. މި ރިޕޯޓު ނެރެނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނެރިފައިވަނީ މި އަހަރު ޖެނުއަރީ 16 އާއި ހަމައަށެވެ.
މި އަހަރު އެކަމާއި ގުޅުން ނެރުނު ރިޕޯޓުތައްވެސް ނެރުނީ 13އޮންލައިނުން އެކަމާއި ސުވާލު ކުރުމުންނެވެ. އެގޮތުން މިއަދާއި ހަމައަށް ނުނެރި އަދި 2 ރިޕޯޓު އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން މި ރިޕޯޓުތައް ޝާއިރު ކުރުން ލަސްވަނީ ރިޕޯޓުތައް ކޮމްޕައިލު ނުކުރެވިގެންކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް ކުރަނީ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުންނެވެ.
ޖެނުއަރީ މަހު އާންމުކޮށް މި ރިޕޯޓު ނެރެން ލަސްވާކަން ފާހަގަ ކުރެވެއެވެ.