May 5, 2026
Advertisement
ބޭރުން ދަރަނި ނުލިބޭ ކަމާ އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ
ބޭރުން ދަރަނި ނުލިބޭ ކަމާ އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ / ސޯޝަލް މީޑިއާ

ބޭރުން ދަރަނި ނުލިބޭ ކަމާ އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ

May 5, 2026, 02:37 PM
މާލެ ސިޓީ

ބޭރުން ދަރަނި ނުލިބޭ ކަމާ އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އޮޑިޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިފަދައިން ހާމަކޮށްފައިވަނީ، ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތު 2025-2027 އާ ގުޅޭ ގޮތުން އެ އޮފީހުން ނެރުނު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުން ކަނޑައަޅާފައިވާ މާލީ ސިޔާސަތުތަކާއި ދަރަނި ނެގުމުގެ އިންތަކާ ޚިލާފަށް އަމަލުކުރާތީ، އެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. އެ ގޮތުން، ސަރުކާރުގެ ދަރަނީގެ ސިޔާސަތު ތަންފީޒުކުރަން ގިނަ ގޮންޖެހުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

 ސަރުކާރުގެ ދަރަނީގެ ސިޔާސަތެއް އެކުލަވައިލީ އެންމެ ކުޑަ ޚަރަދެއްގައި ސަރުކާރުގެ ފައިނޭންސިން ބޭނުންތައް ފުއްދުމާއި، ރިސްކު ކުޑަ މިންވަރެއްގައި ހިފެހެއްޓުމާ އެކު އެތެރޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބަޖެޓު އެކުލަވާލުމުގައާއި ތަންފީޒުކުރުމުގެ މަރުހަލާގައި ވެސް، މެދު ރާސްތާގެ ފިސްކަލް ސިޔާސަތު އަދި ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތަކުން ސަރުކާރުން ބޭރުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ދަރަނި ނަގަން ކަނޑައަޅާފައިވާ މިންވަރަކީ ވެސް ދަރަނީގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންވަރާ ވަރަށް ބޮޑަށް ތަފާތު އަދަދުތަކެއްކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އަދި، ބަޖެޓު ފާސްކުރުމަށް ފަހު މުހިންމު ފިސްކަލް އިސްލާހުތައް ތަންފީޒުކުރުން ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ދަރަނީގެ ސިޔާސަތާ އިތުރަށް ޚިލާފުވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު އޮޑިޓް އޮފީހުގެ މި ރިޕޯޓުގައި ވަނީ ދީފައެވެ.

މީގެ އިތުރުން، ބޭރުގެ ބާޒާރުން ނަގަން ސަރުކާރުން ކަނޑައަޅާ އަދަދުތަކަށް ދަރަނި ނުލިބޭކަމުގެ ކަންބޮޑުވުން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved