March 8, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ރާއްޖެއަށް ބޭރުގެ ނުފޫޒު ގަދަވަނީ، ދަހިވެތި ވެރިންގެ ސަބަބުން: ގައުމީ ކެންޑިޑޭޓު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 2, 2026, 02:41 AM
މާލެ ސިޓީ

ދިވެހިރާއްޖެއަށް ބޭރުގެ ނުފޫޒު ގަދަވަނީ، ދަހިވެތި ވެރިންގެ ސަބަބުން ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ސަރުކާރުތަކުގެ ދެ އުޅިއެއް ނުވާ މާލީ ރޭވުންތެރިކަމުން އިޤްތިޞާދު ކުރިއެރުވުމަށް ކަމެއް ނުކޮށްތިބެ، ދެކޮޅު ނުޖެހޭ ކަންކަމަށް ދަރަނި ނަގާތީ ކަމަށެވެ.

ހަމައެހެންމެ އެ ނަގާ ދަރަނި ދައްކާނެ ގޮތެއް ނެތިގެން ދާއިރު، އެކަމުގެ ފައިދާ ނެގުމަށް ބަލަބަލާ ތިބޭ ޤައުމުތަކެއް ވާނެކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭރުގެ ނުފޫޒު ގަދަވަނީ، ދަހިވެތި ވެރިންގެ ސަބަބުން ކަމަށެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ އެތައް ފަސެންޓެއް ބޮޑުކޮށް، ސުކޫކު ދެއްކުމަށް މި ސަރުކާރުން 350 މިލިއަން ޑޮލަރުގެ ލޯނެއް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގަން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved