ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާރޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް އާމްދަނީ އާ ނުބައްދަލެވެ.
ހަރަދަށް ޒިންމާވުމާ ގުޅޭ މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފައިނޭންސް މިނިސްޓްރީން ގެޒެޓު ކުރި އެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ އެކަމަށް ބޭނުންވާ ހާއްސަ ހުއްދައެއް ނަގައިގެނެވެ.
ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެން އިތުރު ގަޑީގެ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތުގައި 8 ގަޑިއިރު ހަމަކޮށް، އޭގެ އިތުރުން ހޭދަ ކުރާ ވަގުތުތަކަށް އެކަންޏެވެ. އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު، އަށް ގަޑިއިރު ގުނާއިރު ދެން ނުހިމަނާނެ އެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަތައް ޖަމާ ކުރުމުގެ މަސައްކަތް ވެސް ކުރަނީ ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ނެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓު އޮފިހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަަމުންނެވެ.
މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވެ، އޯގަސްޓުގައި ޔޫޒަބަލް ރިޒާވް ހުސްވުމުގެ ފުރުސަތު ބޮޑުެވެ.
ފިނޭންސުގެ ދަރަނި ގްރާފުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި ވަނީ 126,1 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި ހުރި އަދަދަށް ވުރެ 15 ބިލިއަން ރުފިޔާ އިތުރު ވުމެކެވެ.
ކުރިން ނެތް ސިޔާސީ މަގާމެއް އުފައްދާފައިވަނީ ދައުލަތުގެ ޚަރަދުތައް އާމްދަނީ އާ ނުބައްދަލުވެގެން ޚަރަދުތައް ކުޑަކުރަންވެސް ފިނޭންސުން އަންގާފައިވަނިކޮށެވެ.
ބަޖެޓް މިއަދު ހުށަހެޅުމާއި ގުޅިގެން އެކްސް އެކައުންޓުގައި ޑިފެންސަށް ކުޅެން ނިކުމެވަޑައިގެން މުއިއްޒު ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓާ ބަލާފަ އަންނަ އަހަަރަށް ހުށަހެޅި ބަޖެޓަކީ ކުޑަ އެއްޗެކަމަށެވެ.