theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ފިނޭންސް މިނިސްޓަރު ޒަމީރުއާ ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ސަރުކާރުގެ ފިސިކަލް ރިޕޯޓުތައް ހާމަނުކުރާތާ 6 ހަފްތާ!
13 ފެބްރުއަރީ 2026
މާލެ ސިޓީ

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުގެ ތަފާސްހިސާބުތައް ހިމަނައިގެން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުނުކުރާތާ ހަ ހަފްތާ ފާއިތުވެއްޖެއެވެ.

ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީއިން ނެރޭ އެ އަދާހަމަތައް ނުނެރެ ހަ ހަފްތާވެފައިވާއިރު، ޖޫން 2024 އިން ފެށިގެން ތިން މަހަށް ވުރެ ދިގު މުއްދަތަކަށް މި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާވެސް ލިއެވެ. އެއީ ރައްޔިތުންނަށް ކަންކަން ސިއްރުކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ބުނަމުންވެސް ދިޔައެވެ.

އެކަމުގެ ދިފާއުގައި ސަރުކާރުން ބުނީ، ރިޕޯޓު ނެރުން ހުއްޓާލަން ޖެހުނީ ކުރީ ސަރުކާރުން ހަރަދުތަކެއް ރެކޯޑު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން ކަމަށެވެ.

އޭގެ ފަހުންވެސް ދޭތެރ ދޭތެރެއިން ހިސާބުތައް ހާމަނުކޮށް ހުންނއިރު މިހާރު އަނެއްކާ އެ މާލީ ހިސާޞުތައް ސަރުކާރުން ހާމަނުކުރާތާ 6 ހަފްތާ ވަނީ ފާއިތުވެފައެވެ.

އެންމެ ފަހުން އެފަދަ ރި÷ޯޓެއް އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 19 ގައެވެ. އެއީ މިދިޔަ އަހަރުގެ އެންމެ ފަހު ހަފްތާގެ ރިޕޯޓެވެ. އޭގެ ފަހުން ދައުލަތުގެ ފިސްކަލް ރިޕޯޓެއް މާލީ ވުޒާރާއިން ޝާއިއުކޮށްފައިނުވެއެވެ.

މިކަމުގައި ވުޒާރާގެ ބަހެއް ވަނީ ނުލިބިފައެވެ. މި ސަރުކާރުން ވަނީ ގްރީން ފަންޑު ރިޕޯޓުވެސް ޝާއިއުކުރުން ހުއްޓާލާފައިކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން މި ފަދަ މުހިއްމު ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފައިވާއިރު، މި އަހަރަކީ ސަރުކާރުގެ ހަރަދުތަކަށް ފާރަވެރިވާން މުހިންމު އަހަރެކެވެ. ސަބަބަކީ ތާރީހުގައި ވެސް ދައްކަން ނުޖެހޭ ވަރުގެ ގިނަ ދަރަނި، މި އަހަރު އަނބުރާ ދައްކަން ޖެހުމާއި، އެކަމަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވުމެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved