ރިހި ޔޫބީލު ފާހަގަކުރަން ބޮޑު ޕްރޮމޯޝަންއެއް / ސޯޝަލް މީޑިއާ
ވިޔަފާރި
ބޯން ބްރައިޓް މޯލްޑިވްސްގެ ރިހިޔޫބީލު ފާހަގަކުރުމަށް ތިން މަސް ދުވަހުގެ ބޮޑު ޕްރޮމޯޝަނެއް!
Mariyam Isaadha
މަރިޔަމް އިސާދާ
02 ފެބްރުއަރީ 2025
މާލެ ސިޓީ

ބޯން ބްރައިޓް މޯލްޑިވްސްއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ތިން މަސް ދުވަހުގެ ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޯން ބްރައިޓަކީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރަ ހިންގާ ކުންފުންޏެވެ.

ކުކުޅު ފިހާރައިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް އުމްރާ ދަތުރެއްގެ އިތުރުން، ކޮންމެ 25،000ރ. އަކަށް ވިޔަފާރިއަށް 1،000ރގެ ޑިސްކައުންޓެއް ލިބޭ މި ޕްރޮމޯޝަން މިއަދުން ފެށިގެން ތިން މަސް ދުވަހަށް ކުރިއަށް ދާނެއެވެ.

މިކަމުގެ ތަފްސީލު ދެމުން ކުކުޅު ފިހާރައިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަންގައި 100،000ރގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 4،000ރ.ގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށާ، މިއާއެކު ކަސްޓަމަރު ދައްކަން ޖެހޭނީ 96،000ރ. ކަމަށެވެ. އަދި 500،000ރ.ގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 20،000ރގެ ޑިސްކައުންޓެއް ލިބޭއިރު، ކަސްޓަމަރު ދައްކަން ޖެހޭނީ 480،000ރ އެވެ.. އުމްރާ ދަތުރު ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި އެންމެ ގިނަ ވިޔަފާރި ކުރާ ކަސްޓަމަރަކަށް ކަމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކުކުޅު ފިހާރައިންވެސް ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކެއްގެ އަގުވެސް ހެޔޮވާނެއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ ޕްރޮމޯޝަނާއިވެސް އެކުގައެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ އަބަދުވެސް ޖީބަށް ލުއި ކޮލެޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނެމެެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved