April 17, 2026
Advertisement
 ޣައްޒާ ހާލަތު ދައްކުވައިދޭ ފޮޓޯއެއް.
ޣައްޒާ ހާލަތު ދައްކުވައިދޭ ފޮޓޯއެއް. / އަލްޖަޒީރާ

ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު 28000 އާ ގާތްކޮށްފި

Fathmath Reem
ފާތުމަތު ރީމް
Feb 10, 2024, 07:31 PM
ޣައްޒާ

ޔަހޫދީ އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 2800 ގާތް ކޮށްފިއެވެ.

Advertisement

ޚާން ޔޫނިސްގައި އިސްރާއީލުން ދަނީ ސްނައިޕަރުން ބޭނުން ކޮށްގެން ނާސިރު ހޮސްޕިޓަލުގެ ބޭރުގައި ހަމަލާތައް ދެމުންނެވެ. އެ ހަމަލާގައި 21 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އެގޮތުން އިސްރާއިލުން ވަނީ ވަކިން ހާއްސަކޮށް މެޑިކަލް ސުޓާފުންނަށް އަމާޒުކޮށްގެން ހަމަލާތައްދީފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 107 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެކި ވަރުގެ އަނިޔާތަށް ލިބި 142 މީހަކު ވަނީ ޒަޚަމްވެފައިވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންފާ އަނިޔާވެރި ހަމަލާތަކުގައި 27،947 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ އަނިޔާތައް ލިބި 67،459 މީހަކު ވަނީ ޒަޚަމްވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved