ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
އެމްޑީޕީއިން ގައުމަށް ޣައްދާރުވިވުން ތަހުގީގުނުކުރާ ސަބަބާމެދު މެމްބަރުން ސުވާލުކުރަން ޖެހޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
06 ފެބްރުއަރީ 2025
މާލެ ސިޓީ

ކުރީގެ ސަރުކާރުން ޣައްދާރުވެފައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން މި ސަރުކާރުން އެޅި ކޮން ފިޔަވަޅެއްތޯ، ޕީއެންސީގެ މަޖިލިސް މެމްބަރުން ސުވާލުކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ގައުމުގެ ހަރުމުދާ ވިއްކާ އަމިއްލަ ޖީބު ބޮޑުކުރަމުން ދިޔަ ދިއުނަތއް އޭރު އެންމެ ބާރަށް ވާހަކަ ދައްކާ ވެރިކަމަށް އައުމަށް ފަހު އެ ހަނދާން ޕީއެންސީގެ ވެރިންނާ މަޖިލިސް މެމްބަރުންވެސް ނައްތާލާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކަނޑޫ ވިއްކާލުން ފަދަ އިންޑިއާ ސިފައިން ބޭރުކުރުން ފަދަ ވައުދުތައް ނުފުއްދާ އަދި އެ ފަދަ ޣައްދާރުވުންތަކުގެ މައްސަލަ ބަލަން ނުކެރިގެން އުޅޭ ސަބަބެއް އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީވީސީގެ މެމްބަރުންނާ ރައްޔިތުންގެ މަންދޫބުންކަމަށް ބުނާ މީހުންނާ ދައުލަތުގެ ވަޒީރުންނާ ދެން މިބޭފުޅުންނަށް ތާއީދުކުރާ މީހުން، މިއިން އެންމެ މީހެއްގެ ޚިޔާލަށް އާދޭތޯ ކުރަން ބުނެފަ މިހިރަ ބޮޑެތި ކަންތައްތައް، ގައުމީ ބަހާތަކާ ގުޅިފައި ހުރި، ކުރީގެ ސަރުކާރުން ޣައްދާރުވެފައި ހުރި ކަންކަމާ މެދު މިއަދު މި ސަރުކާރުން މުއިއްޒުގެ ސަރުކާރުން އެޅީ ކޮން ފިޔަވަޅެއްހޭ އޭގެ ނަތީޖާއަކީ ކޮބައިހެއްޔޭ. މިސާލަކަށް އިންޑިއާ ސިފައިންގެ ކަންތަކުގަ ހަނު. އެއަކަށް ނުބުނޭ އެއްޗެއް. ވިއްކާލި ކަނޑު ހޯދަން ވަރަށް ބާރުލާފައި ބުނި އިނގިރޭސިި ސަރުކާރަށް ސިޓީއެއް ފޮނުވީއެއް. އޭގެ ފަހުން އިނގިރޭސި ބޮޑުވަޒީރާ މޮރިޝަން ބޮޑުވަޒީރާ މިދައްކާ ވާހަކަތަކުން އަޅުގަޑުމެން ވަރަށް ނާއުއްމީދުވެފައި މިތިބެނީ. މިއަދު މިކުރެވުނު މަސައްކަތުގައި އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީގެ ޖަވާބެއް ދިންތޯ، އަޅުގަޑުމެންގެ ހައްގެއް، މިކަމުގައި އޮތްތޯ ނެތްތޯ އެމީހުން ދެކޭތޯ މިވަރުވެސް ބުނެނުލެވުނީމަ އެނގެނީ ކުރެވުނު މަސައްކަތެއް ނެތްކަން

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކަނޑު ވިއްކާލި ވިއްކާލުން ގޯސްކަމަށާ ނަމަވެސް އެއަށް ވުރެ އެ މައްސަލަ ނުބަލާ ދޫކޮށްލުން މާގޯސް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved