

ވަޒީރު މުއްތަލިބު ކެމްޕެއިނަށް މަކުނޫދުއަށް ދިއުމުން ރައްޔިތުން ނުކުމެ އިހުތިޖާޖުކުރަމުންދާ ކަން ހާމަވެއްޖެއެވެ.
އެގޮތުން މީސް މީޑިޔާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ވަޒީރު މުއްތަލިބު މަކުނޫދޫއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ރިޔާސީ ވައުދުތައް ލިޔެ ގަޑުތައް ހިފައިގެން ވަޒީރުގެ ފަހަތުން ޖަލްސާ ބޭއްވި ހިސާބާ ހަމައަށް ވެސް ގޮއްސައެވެ.
🚨 މަކުނުދޫ އަށް މިނިސްޓަރު މުއްތޮލިބު ދިޔުމުން މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖު ކުރަނީ!
— Ahmed Fayaz (proud to be a Maldivian ) (@VISNAAMEEHAA) February 7, 2025
ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކައްޒާބުގެ ވަޒީރުން ދިޔާމަ މުޒާހަރާކޮށް ރަށުން ބާލަންޖެހޭ. ރައްޔިތުންނަށް އިތުރަށް ދޮގުހަދާ އޮޅުވާލަން ފުރުސަތު ނުދޭތި! pic.twitter.com/SgjgTPt8Qo
މީގެ އިތުރުން ވައުދުތައް ނުފުއްދާތީ ޖަލްސާގައި ބައިވެރިވެ ވެސް ރައްޔިތުން ވަނީ ހިމޭން އިހުތިޖާޖުކޮށްފައެވެ.
ހޫނު ޚަބަރު: މަކުނުދޫ އަށް މިނިސްޓަރު މުއްތަލިބު ވަޑައިގަތުމުން މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖު ކުރަނީ! pic.twitter.com/FSVMiFikJm
— RaajjeTV (@Raajje_tv) February 7, 2025
ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި މަކުނުދޫ އެއަރޕޯޓުގެ ވާހަކަ ނެތުމުންނާއި، ރަށުގެ ކަރަންޓު ހާލަތުު ދަށްވެ، އިރުއިރުކޮޅުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމަކީ ވެސް ރައްޔިތުން މިއަދު އިިހުތިޖާޖުކުރި މައްސަލަތަކެވެ.
މަކުނޫދޫގައި އެއާޕޯޓެއް ގާއިމުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ނަމަވެސް އަދިވެސް އެކަމަށް އެއްވެސް އަމަލީ މަސައްކަތެއް ފަށަފައިނުވާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނުރުހުން ސަރުކާރަށް އަމާޒުކޮށްފައެވެ.
ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރ މިނިސްޓަރު މަކުނުދޫ އަށް ވަޑައިގަތީ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލު ބައި-އިލެކްޝަން ގައި ވާދަ ކުރާ ޕީއެންސީ ގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދެއްވުމަށެވެ.
މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވަނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރެކެވެ.