

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އެމް އައި ޑީ އެފް ޒެޑްގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަން ކުރެވިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އެމް އައި ޑީ އެފް ޒެޑް އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ. މިއީ ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއު އެޑްކުރުމާއި ޓްރާންޝިޕްމަންޓް އާއި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފެއްދި ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ޝަފީގަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އެޗް ޑީއެފް ސީގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ މެމްބަރެއްކަންވެސް އިނގެއެވެ.
މި ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދާފައިވާ އިރު އެ މަގާމުތަކުން މީހުން ވަކި ކުރުމަށްފަހު ސަރުކާރުގެ އެހެނިހެން މަގާމުތަކަށް އައްޔަން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.