މިނިސްޓަރ ޝަފީޤް / ސޯޝަލް މީޑިއާ
ހަބަރު
ފިނޭންސް މިނިސްޓަރަށް ވަގުތު ނެތިގެން މާލިއްޔަތު ކޮމިޓީ ބައްދަލުވުން ކެންސަލް!
Mariyam Isaadha
މަރިޔަމް އިސާދާ
30 ޖުލައި 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރުނުވުމުން އިއްޔެވެސް ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ދައުލަތުގެ މާލީ އަދި އިގުތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިއްޔެއަށް ބައްދަލުވުމެއް ތާވަލްކުރިއެވެ. އެގޮތުން އިއްޔެ ހެނދުނު 11:00 އަށް ކޮމިޓީ ރޫމް 10 ގައި ބައްދަވުން ބާއްވަން ތާވަލްކޮށްފައިވަނިކޮށް، އެޖެންޑާ ވެސް ހަމަ ކުރިފަހުނހް ކޮމިޓީ ބައްދަލުވުން ކެންސަލްކަން ވަނީ އަންގާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް މަޖިލީހުން އަންގާފައިނުވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސަބަބު ހާމަކޮށްދެއްވާފައެވެ.

އެގޮތުން ފިނޭންސް މިނިސްޓަރުގެ އިތުރުން މީރާގެ ކޮމިޝަނަރާއި އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލްގެ އިސްވެރިން ވެސް ހާޒިރުވާން އޮތް އެ ބައްދަލުވުން ކެންސަލްކުރީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުނުވުމުން ކަމަށް ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެ ސަބަބެއެް ކަމަށް ވިދާޅުވެފައިވަނީ ވަގުތު ހުރި ގޮތުން ބައިވެރިވެވަޑައިގެންނެވެން ނެތުން ކަމަށް ވެސް ހާމަވެފައިވެއެވެ.

މީގެ އިތުރުން މީރާގެ އިސްވެރިޔާ, ޓެކްސް ކޮމިޝަނަރު ސަން ޒަރީރު ވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައި ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved