March 12, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭއެފްޕީ

ޣައްޒާއަށް ސަހްޔޫނީން ދިން ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ނިޔާވެއްޖެ!

Hussain Nawaf
ހުސައިން ނަވާފް
Feb 12, 2025, 11:56 PM
ޣައްޒާ

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ކައިރީގައި ރައްޔިތުން އެއްވެ ތިބި ތާކަށް އަމާޒުކޮށްގެން ސަހްޔޫނީން ދިން ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ނިޔާވުމުގެ އިތުރުން މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

Advertisement

ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލަށް އުމުރުން 44 އަހަރުގެ ފިރިހެނަކާއި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މީހެއްގެ ހަށިގަނޑު ގެނައިކަމަށް ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުނީރު އަލް ބުރްޝް އަންގާރަ ދުވަހު ވިދާޅުވީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީންނާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ސަހްޔޫނީން ޣައްޒާގައި ކުރިއަށް ގެންދިޔަ ހަމަލާތަކުގެ ތެރެއިން ފަލަސްތީނުގެ 92 މީހުން މަރުވެ 822 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވަނީ ރިޕޯޓުކޮށްފައެވެ.

ސަހްޔޫނީ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ވެސް ރަފަހުގެ ގެތަކަށް ބޮން އަޅާފައިވާ ކަމަށް ވާފާއިންވަނީ ރިޕޯޓުކޮށްފައެވެ.

ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިސްރާއީލުން ރަފަހަށް ހަމަލާދީ ފަލަސްތީނުގެ ދެ މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ސްޓްރިޕްގައި ފެށި ފަހުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ އަދަދު 48،222 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved