March 15, 2026
Advertisement
ޣައްޒާ
ޣައްޒާ / ޔެނި ސަފަކް

ޣައްޒާއިން އިތުރު 14 ހަށިގަނޑު ފެނިއްޖެ!

Hussain Nawaf
ހުސައިން ނަވާފް
Feb 14, 2025, 12:28 AM
ޣައްޒާ

ޣައްޒާއިން އިތުރު 14 ހަށިގަނޑު ހޯދައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަހްޔޫނީން ހިނގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރެއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 48،239 (ސާޅީސް އަށް ހާސް ދުވިސައްތަ ތިރީސް ނުވަ) އަކަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

އެކަން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުް ދައްކައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަހަމްވި ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ސަހްޔޫނީންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 111،676 (އެއް ލައްކަ އެގާރަ ހާސް ހަ ސަތޭކަ ހަތް ދިހަ ހަ) އަކަށް އަރާފައެވެ.

ފުޅާދާއިރާއެއްގައި ސަހްޔޫނީން ހިންގި ހަނގުރާމައިގެ ތެރެއިން ފަލަސްތީނުގެ ބޮޑު ސަރަހައްދެއް ފަނާވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ނޮވެމްބަރު 2024 ގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއްވެސްވަނީ ލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved