March 12, 2026
Advertisement
އެމެރިކާ-އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ ސަގޫއީ ޑެކެލް-ޗެން ދޫކޮށްލަނީ
އެމެރިކާ-އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ ސަގޫއީ ޑެކެލް-ޗެން ދޫކޮށްލަނީ / އެންޕީއާރް

ހަމާސްއިން ސަހްޔޫނީ ތިން ރަހީނެއް ދޫކޮށްލައިފި

Hussain Nawaf
ހުސައިން ނަވާފް
Feb 15, 2025, 07:25 PM
ޣައްޒާ

ހަމާސްއިން ސަހްޔޫނީ ތިން ރަހީނެއް ދޫކޮށްލާއިރު، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކޮށްފައިވާ ހަ ވަނަ ފަހަރެވެ.

Advertisement

މޫނު ނިވާކޮށްގެން ތިބި ހަމާސްގެ ހަނގުރާމަވެރިން ބޭއްވި ރަސްމިއްޔާތެއްގައި ހަމާސްއިން ވަނީ އެމެރިކާ، ރަޝިޔާ އަދި އާޖެންޓީނާގެ ސިޓިޒަންޝިޕުގައި ތިބި ސަހްޔޫނީންގެ ތިން މީހަކު ހޮނިހިރު ދުވަހު މިނިވަންކޮށްފަ އެވެ.

އެއީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތާއި ސަހްޔޫނީންނާއި ދެމެދު މި ހަފްތާގައި ގާތްގަނޑަކަށް ރޫޅިގެން ދިޔަ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން މިނިވަންކުރި ރަހީނުންގެ ހަ ވަނަ ގްރޫޕެވެ. ދޫކޮށްލި ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ސަހްޔޫނީން ފަލަސްތީނުގެ 369 ގައިދީންނާއި ބަންދުގައި ތިބި މީހުން ދޫކޮށްލާނެ އެވެ.

ދޫކޮށްލި ތިން ފިރިހެން އާންމު ރަހީނުންނަކީ އުމުރުން 36 އަހަރުގެ ޑައުއަލް އެމެރިކާ-ސަހްޔޫނީ ރައްޔިތެއް ކަމަށްވާ ސަގޫއީ ޑެކެލް-ޗެން އާއި ރަޝިޔާ-ސަހްޔޫނީ ޑުއަލް ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ އެލެގްޒެންޑަރ ޓްރޫޕަނޯވް އަދި އުމުރުން 46 އަހަރުގެ ޑުއަލް އާޖެންޓީނާ-ސަހްޔޫނީ ރައްޔިތެއް ކަމަށްވާ ޔައިރް ހޯން އެވެ.

ހޮނިހިރު ދުވަހު ސަހްޔޫނީން މިނިވަންކުރާ ފަލަސްތީނުގެ 369 ގައިދީންނާއި ބަންދު މީހުންގެ ތެރޭގައި ސަހްޔޫނީންގެ ޖަލުތަކުގައި އުމުރަށް ޖަލަށްލާފައިވާ 36 މީހުން ހިމެނެ އެވެ. އޭގެ ތެރެއިން 333 މީހުންނަކީ ފަހުގެ ހަނގުރާމައިގެ ތެރޭގައި ސަހްޔޫނީންގެ ސިފައިން ހައްޔަރުކުރި ޣައްޒާގެ މީހުން ކަމަށާއި އެމީހުން އަނބުރާ ޣައްޒާއަށް ފޮނުވާލާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved