July 9, 2026
Advertisement
ޣައްޒާ
ޣައްޒާ / އީޕީއޭ-އީއެފްއީ

ރަފާހަށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Feb 16, 2025, 10:47 PM

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ތިން ފުލުހަކު މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގާ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

Advertisement

އިންޓީރީއަރ މިނިސްޓްރީން މިފަދައައިން ހާމަކޮށްފައިވަނީ ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އެހީދޭ ޓްރަކްތައް ޣައްޒާއަށް ވަދެވޭނެ ގޮތަށް ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް ބުނެފައިވެއެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނީ ހަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަހައްދު ކައިރީގައި ހަރަކާތްތެރިވާ ސިފައިންނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ހަތިޔާރު އެޅި ބައެއް މީހުންނަށް ކަމަށާއި ހިޓްތައް ދެނެގަނެވިފައިވާ ކަމަށެވެ.

އެގޮތުން ޣައްޒާގެ ހުރިހާ ރައްޔިތުން ސިފައިންގެ އިރުޝާދުތަކަށް ތަބާވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަހްޔޫނީ ސިފައިންނާ ކައިރިވުމުން ދުރުހެލިވުމަށް ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved