February 25, 2026
Advertisement
ވިސްލު ބްލޯ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާ ކުރި އިދާރާއަކަށް ޕޯސްޓު
ވިސްލު ބްލޯ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާ ކުރި އިދާރާއަކަށް ޕޯސްޓު / ދަ އެޑިޝަން

ވިސްލު ބްލޯ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާ ކުރި އިދާރާއަކަށް ޕޯސްޓު!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 21, 2025, 12:25 AM
މާލެ ސިޓީ

ވިސްލު ބްލޯ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާ ކުރި އިދާރާއަކަށް މޯލްޑީވަސް ޕޯސްޓު ލިމިޓެޑް ވެއްޖެއެވެ.

Advertisement

އެގޮތުން ޕޯސްޓުގެ ވަޒީފައިގައި ހުރެ މުވައްޒަފަކު ވިސްލު ބްލޯ ކުރުމުން ޕޯސްޓުން ވަނި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން އަމުރު ކުރުމުން ވެސް ޕޯސްޓުން އެ އަމުރަށް ވެސް ތަބާވެފައިނުވެއެވެ. ޕޯސްޓުން އޭނާ ވަޒީފާއިން ކަނޑާލީ ވަޒީފާއިން ކަނޑާނުލުމަށް ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން އަމުރުކޮށްފައިވެސް ވަނިކޮށެވެ.

އެހެންކަމުން ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ދެ އަމުރަށް ޕޯސްޓުން ތަބާނުވުމުން އެ ޔުނިޓުން ވަނީ މޯލްޑީވްސް ޕޯސްޓު ލިމިޓެޑް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މިއީ 2019 ގައި ވުޖޫދަށް އައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ހިންގާ ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އެއްވެސް އިދާރާއެއް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved