February 25, 2026
Advertisement
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް / ސޯޝަލް މީޑިއާ

ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ޕޯސްޓްގެ ޚިދުމަތް ފަށަން ނިންމާފައި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 10, 2025, 08:25 PM
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ނިންމަވައިފި އެވެ

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަށް ދިނުމުގެނިންމުން ނިންމައިފައިވަނީ ޗައިނާގެ އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ކަމަށްވާ ޓެމޫއިން ދިވެހި ރާއްޖެ މުދާ ފޮނުވައިދޭން ފެށުމުން ޕޯސްޓަށް ބާރުބޮޑުވެ ބެކްލޮގް ބޮޑުވެފައި ވަނި ކޮށެވެ.

އެހެންކަމުން މިހިދުމަތް ފެށުމައްޓަކައި ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެއިދާރާއިން ނެރުނު އިއުލާނެއްގައި ހާމަކޮށްފައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މައުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ 14:45 ގައި ޕޯސްޓް ބިލްޑިންގްގަ އެވެ.

މީގެ އިތުރުން ގެޒެޓް ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައި ވަނީ ކުއްޔަށް ހިފަން ބޭނުންވަނީ މިހާރުން މިހާރަށް ބޭނުންކުރެވޭ ގޮތައް ހުރި އިމާރާތެއްކަމަށެވެ. ގްރައުންޑް ފްލޯގައި ހުރި 1700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށް ވާންޖެހޭނެ ކަމުގައި ވެސް ގެޒެޓުގައި ވެ އެވެ. އިމާރާތް ކުއްޔަށް ހިފަން ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved