March 16, 2026
Advertisement
ޝަހީދު
ޝަހީދު / ސޯޝަލް މީޑިއާ

ޝަހީދު ވަކިކުރިތާ އަހަރެއްފަހުން އަނެއްކާވެސް މަގާމެއް ދީފި

Yana Shareef
ޔާނާ ޝަރީފް
Dec 9, 2025, 03:00 AM

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހީމް އައްޔަން ކޮށްފި އެވެ.

Advertisement

ޕޯސްޓް ލިމިޓެޑަށް އޭނާ އައްޔަން ކުރީ ބޯޑު މެންބަރުގެ އިތުރުން ޑީއެމްޑީގެ މަގާމާއެކު އެވެ.

ޝަހީދު އަލުން މަގާމަކަށް އައްޔަން މިކުރީ ވެމްކޯގެ ޑީއެމްޑީގެ މަގާމުން ވަކިކުރިތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށެވެ.

ވެމްކޯއިން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޝަހީދަކީ ޕީއެންސީގެ ސެނެޓު މެމްބަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ މީހެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނެއުމަށް ޝަހީދު ގިނަގުނަ މަސައްކަތްތަކެއް ކޮށްދިން އިރު އޭނާއަށް މަގާމެއް ދިނުމަށްފަހު އެ މަގާމުން ވަކި ކުރީ ކޮން ސަބަބަކާހުރެކަމެއް ނޭނގެއެވެ.

މި ސަރުކާރުން 700 އަށްވުރެ ގިނަ ސިޔާސީ މަގާމުތަކެއް ނުބަހާނެކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު ވޭތުވެދިޔަ ދެ އަހަރުތެރޭ 5000 އަށްވުރެ ގިނަ ސިޔާސީ ވަޒީފާ ބަހާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ޚަރަދުތަށް ކުޑަކުރުމަށް މޮޅެތި ފިޔަވަޅު އެޅިނަމަވެސް އެކަން ހާސިލު ނުވަނީ ސަރުކާރުން މުވައްޒަފުންގެ މުސާރައަށް ބޮޑު ޚަރަދެއްކުރާތީކަން ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved