February 25, 2026
Advertisement
މޯލްޑީވެސް ޕޯސްޓް އިން މީހުން ޙިދުމަތް ހޯދަނީ
މޯލްޑީވެސް ޕޯސްޓް އިން މީހުން ޙިދުމަތް ހޯދަނީ / ސޯޝަލް މީޑިއާ

މޯލްޑިވެސް ޕޯސްޓް އާއި ގުޅިގެން އެތައް ސަތޭކަ ޝަކުވާއެއް، މިހާރު ފޯނުވެސް ނުނަގާ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 18, 2025, 10:34 PM
މާލެ ސިޓީ

މޯލްޑިވެސް ޕޯސްޓް މެދުވެރިކޮށް ގެންނަ ޓެމޫ އޯޑަރުތައް ރާއްޖެ އައިސް އެތައް ދުވަހެއްވެގެން ދާއިރުވެސް ތަކެތީގެ ވެރިފަރާތްތަކަށް ުދާ ނުލިޞޭތީ ޝަކުވާ ބޮޑުވެއްޖެއެވެ.

Advertisement

ދާދިފަހުން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބަރޯސާ ލިބިފައިވާ އިންޓަނޭޝަނަލް ޝޮޕިން ޕްލެޓްފޯމް ޓެމޫ އިން އެމެގިނަވެގެން 10 ދުވަސްތެރޭގައި ކަސްޓަމަރުންނަށް، އެމީހުންގެ ޕާރުސަލު ލިބެމުން ދިޔައެވެ. ނަމަވެސް މިމަހު 12 ވަނަ ދުވަހުން ފެށިގެން މޯލްޑިވެސް ޕޯސްޓްއަށް ލިބިފައި ހުރި ޕާރުސަލް ތަކަށް ވީނުވީއެއް ނޭނގި، ކަސްޓަމަރުންނާ ހަވާލު ނުކުރާ ކަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ފާހަގަކޮށްފައެވެ.

މާލެ ޕެކޭޖް ލިބި ގިނަދުވަސްތަކެއް ވެގެންދާއިރު، މޯލްޑިވެސް ޕޯސްޓްއިން ޕާރްސަލްތައް ރައްދު ނުކުރުމުން ގިނަބަޔެއްގެ ކަންބޮޑުވުން ވަނީ ސޯޝަލްމީޑިއާގައި ފާޅުވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ޕޯސްޓުގެ ބަހެއް ހޯދާލަން ގުޅާލުމުން ޕޯސްޓުގެ މީޑިޔާއިން ވެސް އަދި ކަސްޓަމަރ ކެއަރ އިން ވެސް ފޯނު ނުނެގުމުން މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved