

ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ސިފައިން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ފަތިހު 05:11 އެހާކަންހާއިރު ކަމަށެވެ.
އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ. އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.
އަލިފާން ނިއްވާލެވުނު އިރު އެ ގެ ވަނީ އެކީ އަނދައިފަ އެވެ.
މުހައްމަދު ރަޝީދަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އައްޑޫގެ ނައިބު ރައީސް އެވެ.