މާލެ ސަރަހައްދަށް ދުވާލު މަސް ދަޅު ބެހުން ސަރުކާރުން ހުއްޓާލައިފި / ސޯޝަލް މީޑިއާ
ހަބަރު
މާލެ ސަރަހައްދަށް ދުވާލު ގަޑިތަކުގައި މަސް ބެހުން ސަރުކާރުން ހުއްޓާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
21 ފެބްރުއަރީ 2025
މާލެ ސިޓީ

ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ބަހަމުންދާ މަސްދަޅު ކޭސްތައް މާލެ ސަރައްހަދުގައި ދުވާލު ގަޑީގައި ބެހުން ހުއްޓާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނި ސިޓީޒް ލޯކަލް ގަވަންމަންޓު އެންޑް ޕަބްލިކު ވޯކްސް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްި އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ވާލު ގަޑީގައި ހޫނު ގަދަވާނެ ކަމަށް ފެންނާތީ ދުވާލު ގަޑީގައި މަސްދަޅު ބެހުން ހުއްޓާލާ ދެން މަސްދަޅު ބަހާނީ ރޭގަނޑު ގަޑީގައި އެކަނި ކަމަށެވެ. އަދި މިހާރު މާލޭގައި އިތުރު ތަންތަނުން ވެސް މަސް ދަލު ބަހާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

އެގޮތުން މާލެ ސަރައްހަދުގައި ހޮނިހިރު ދުވަހުގެ (22 ފެބްރުއަރީ 2025) ރެއިން ފެށިގެން މަސް ދަޅު ކޭސް 13 ތަނަކުން ބަހާނެއެވެ. އެގޮތުން ކުރިން ކަނޑައަޅާފައި ހުރި ތަންތަނުގެ އިތުރުން ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިނޑި ބަރިތައް ހުރި ދިމާލުންނާ ސޯޝަލް ސެންޓަރުންނާ ހެންވޭރު ދަނޑުންނާ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ ވެސް އިތުރު ދެ ތަނަކުން މަސް ދަޅު ކޭސް ލިބެން ހުންނާނެ ކަމަށް ވަޒީރު ހާމަކުރައްވާފައި ވެއެވެ.

13 ތަނުން ކޮންމެ ތަނެއްގައި ވެސް ފަސް މޭޒަކުން ހިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ހާމަކުރައްވާފައި ވެއެވެ.

ކިޔުގައި ގިނަ އިރު ރައްޔިތުން ތިބެން ނުޖެހި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަން ހާމަކޮށް ވަޒީރު ވިދާޅުވެފައިވަނީ 28 ފެބްރުއަރީ އާ ހަމައަށް ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ނުލިބޭނަމަ ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ލިބެންދެން ސަރުކާރުން މަސްދަޅު ބަހާނެ ކަމަށެވެ.

މަސްދަޅު ކޭސް ބެހުން ދުވާލު ގަޑީގައި ހުއްޓާލާފައިވާކަން ސަރުކާރުން ހާމަކޮށްފައިވާއިރު މަސް ދަލު ކޭސް ފުރަތަމަ ބެހިރޭގެ އިންތިޒާމުތަކާ މެދު ގިނަ ބަޔަކު ނުުރުހުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved