
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވިއްކާ ތެޔޮ މަސް ދަޅު ލިމިޓުކޮށްފިއެވެ.
ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށް، މިފްކޯއިން މިހާރު ވިއްކަނީ މީހަކަށް ކޭހެއްގެ މަގުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތެޔޮ މަސްދަޅު ވިއްކާ މިންވަރު ލިމިޓުކޮށްފައިވަނީ، ސްޓޮކް ދަށްވުމުގެ ސަބަބުން ކަމަށް ވެސް ވެއެވެ.
ތެޔޮ މަސްދަޅު ލިމިޓުކޮށްގެން ވިއްކި ނަމަވެސް އެ ކުންފުނިން ވިއްކާ އެހެން އެއްވެސް ބާވަތެއްގެ މަސްދަޅެއް އަދި އުފެއްދުމެއްވެސް ކޮންޓްރޯލުކޮށްފައިނުވެއެވެ.
މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު ލިމިޓުކޮށްގެން ވިއްކަން ފަށާފައިވަނީ، ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ފާޑުކިޔުމާ ނުުރުހުން ރައްޔިތުންގެ ފަރާތުން އަމާޒުވެ އަގު ހެޔޮކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
މަސްދަޅު ކޭހުގެ އަގު ބޮޑުކުރި ސަރުކާރާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ. އެހެންކަމުން ،މިފަހަރު މި އެޅި ފިޔަވަޅަކީ ސަރުކާރާ ކުންފުންޏާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށް ކަށަވަރުވެފައިނުވެއެވެ.









