

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި އެވެ.
ރޯދަ ހަދިޔާގެ ނަމުގައި މި ޕޯޓަލް ތައާރަފް ކުރިކަން ހާމަކޮށްފައިވަނީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އިރު އޮއްސި 6 ޖެހުމުގެ ފަހުން މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރެވޭނެކަމަށްވެސް ހިއްސާކޮށްފައެވެ.
Roadha Hadhiyaa Portal. https://t.co/dbPD7s8gqv
— Adam Shareef Umar (@Adamshareefz) February 22, 2025
18.00 in feshigen portal in token dhookuran fesheyne.
28 ފެބްރުއަރީ އާ ހަމައަށް ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ނުލިބޭނަމަ ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ލިބެންދެން ސަރުކާރުން މަސްދަޅު ބަހާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަސްދަޅު ކޭސް ބެހުން ދުވާލު ގަޑީގައި ހުއްޓާލާފައިވާއިރު މަސް ދަޅު ކޭސް ފުރަތަމަ ބެހިރޭގެ އިންތިޒާމުތަކާ މެދު ގިނަ ބަޔަކު ނުުރުހުން ފާޅުކޮށްފައިވެ އެވެ.
އޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ. އަދި ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.
މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.